ބެލަރޫސްގެ ލީޑާ އެލެގްޒެންޑާ ލުކެޝެންކޯ މިއަދު ރަޝިއާއަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅަކީ މިހާރު ބެލަރޫސްގައި ހިނގަމުނަދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ރަޝިއާގެ ރައީސް ޕުޓީން އާއި މަޝްވަރާ ކުރައްވަން ފެއްޓެވު ދަތުރުފުޅެކެވެ. ބެލަރޫސްގައި ހަމަނުޖެހުންތައް ފެށުނީ އޯގަސްޓު ނުވަވަނަ ދުވަހުގެ ރިއާސީ އިންތިހާބަށް ފަހު އެވެ.
ބެލަރޫސްގެ އިނޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ލުކްޝެންކޯ ރަޝިއާއަށް ވަޑައިގަތީ ހަމަނުޖެހުންތަކުގައި 774 މީހުން ހައްޔަރުކުރިތާ އެއް ދުވަސް ފަހުންނެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ވެރިރަށް މިންސްކް އިން ހައްޔަރުކުރި 500 މީހުން ވެސް ހިމެނެ އެވެ. އާދީއްތަ ދުވަހު ކުރި މުޒާހަރާތަކުގައި އެއް ލައްކަ އަށްވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެވެ.
ރަޝިޔާގެ ރައީސް ޕުޓިން އާއި ލުކަޝެންކޯގެ ރަސްމީ ބައްދަލުވުން ބޭއްވެވީ ރަޝިއާގެ ދެކުނުގެ ސޮޗީ ސިޓީގަ އެވެ. ދެ ބޭފުޅުން ވެސް ވަނީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ހަކަތައިގެ ވިޔަފާރި އަދި ސަގާފީ ޕޮރޮޖެކްޓް ތަކާބެހޭ މަޝްވަރާތައް ވެސް ހިމެނެ އެވެ.
މިދިއަ އޯގަސްޓު މަހު ބޭއްވި އިންތިހާބުގައި ލުކެޝެންކޯ ހޯއްދެވި ކާމިޔާބާއި ގުޅިގެން ޕުޓިން ވަނީ މަރުހަބާ ދަންނަވާފަ އެވެ. އެކަމަކު ފަހުން ވިދާޅުވެފައި ވަނީ ވޯޓުގެ ކަންތައް ދިޔައީ އެހާ ރަނގަޅަކަށް ނޫން ކަމަށެވެ. އަނެއްކޮޅުން ލުކަޝެންކޯ އަކީ ވަރަށް ގޮތް ދޫ ނުކުރައްވާ މުއާމަލާތް ކުރަން އުނދަގޫ ބޭފުޅަކަށް ވިއަސް ޕޫޓިންގެ އަމަލުތަކުން ދޭހަވީ މަގުމަތީން ލުކަޝެންކޯގެ ސަރުކާރު ވައްޓާލަން ޕޫޓިން ތާއީދު ނުކުރައްވާނެ ކަމެވެ.
މިވަގުތަކީ ޕުޓިންގް ތާއީދު ލުކަޝެންކޯ ޢަށް ވަރަށް ބޮޑަށް ބޭނުންފުޅުވެފައިވާ ވަގުތެކެވެ. ހަމަ އެހެންމެ ޕުޓިންގެ ފުރިހަމަ ތާއީދު ލުކެޝެންކޯ އަށް ލިބިވަޑަިގަންނަވާނެ ކަމަށް ވެސް ބެެލެވެ އެވެ. ސަބަބަކީ ބެލަރޫސްގައި ހުޅަނގުގެ ގައުމުތަކާއި ނޭޓޯއަށް ތާއީދު ކުރާ ސާަރުކާރެއް ގާއިމްވާން ޕޫޓިން ބޭނުންފުޅެއް ނުވުމެވެ.
އިރުމަތީ ޔޫރަޕްގައި 9.5 މިލިއަަން މީހުންގެ އާބާދީއެއް އޮތް ބެލަރުސް ގައި އުމުރުފުޅުން 65 އަހަރުވީ ލުކަޝެންކޯ ވެރިކަން ކުރައްވަނީ 1994 އިން ފެށިގެންނެވެ. އެ ވެރިކަން ސިފަކޮށްފައި އޮންނަނީ "ދަގަނޑު އަތަކުން" ކުރާ ވެރިކަމެއްގެ ގޮތު އެވެ.