ފިނިޕޭޖް

މޯނީގެ އުފަންދުވަސް ފާހަގަ ކުރީ ރާއްޖޭގައި

ބޮލީވުޑްގައި އަލަށް ވިދަން ފެށި ބަތަލާ މޯނީ ރޯއީގެ 35، ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފި އެވެ. ސޮނޭވާގައި ޗުއްޓީ ހޭދަ ކުރަން މޯނީ ރާއްޖެ އައީ އިނގިރޭސި ވިލާތުންނެވެ. މިއަދު މޯނީ ރާއްޖެއިން ފުރާނެ އެވެ.

ލޮކްޑައުންގައި މޯނީ ހުރީ ޔޫއޭއީގެ ޑުބާއީގަ އެވެ. ލޮކްޑައުންގެ ފަހުން އޭނާ ޑުބާއީން އިނގިރޭސި ވިލާތަށް ދިޔަ އެވެ. އަދި އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އައީ އެ ގައުމުންނެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން މޯނީ ނަގާފައިވާ ގިނަ ފޮޓޯތަކެއް އިންސްޓަގްރާމްގައި އޭނާ ވަނީ ޝެއާ ކޮށްފަ އެވެ. އޭނާގެ ޗުއްޓީ ވަރަށް ފުރިހަމަކަން މި ފޮޓޯތަކުން ހާމަވެ އެވެ. ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން މޯނީ އަބަދުވެސް އަންނަން ބޭނުންވާ އޭނާގެ ފޭވަރިޓް ޑެސްޓިނޭޝަން ކަމަށް ވެސް މޯނީ ބުނެފައި ވެއެވެ.

މޯނީގެ އުފަން ދުވަސް ފާހަގަ ކުރުމަށް އޭނާގެ ބެސްޓް ފްރެންޑް އަދި އެކްޓަރު މަންދިރާ ބޭދީ ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. ރާއްޖެ އައުމަށްފަހު މަންދިރާ އިންސްޓަގްރާމްގައި ޝެއާ ކުރި ޕޯސްޓެއްގައި 15 ގަޑިއިރުގެ ދިގު ދަތުރެއް ކޮށްފައި ނަމަވެސް ރާއްޖެ އާދެވުމުން އެ ކުރެވުނު އިހްސާސްތައް ދަތުރުގެ ވަރުބަލި ކަމަށް ވުރެ މާ ހިތްގައިމެވެ.

"އަހަރެން އަނެއްކާވެސް ޕެރަޑައިސްގައި،" މަންދިރާގެ ޕޯސްޓުގައި ވެއެވެ.

މޯނީ އާއެކު އޭނާގެ ދައްތަ އާއި ޅިޔަނު ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައި ވެއެވެ. އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މޯނީ މިއަދު ގައި ޗުއްޓީ ނިންމާފައި ރާއްޖެއިން ފުރާނެ ކަމަށެވެ.