ވިޔަފާރި

ސަރަހައްދީ އެއާޕޯޓްތައް ހިންގަން ކުންފުންޏެއް އުފައްދައިފި

Sep 30, 2020
1

ރާއްޖޭގެ ސަރަހައްދީ އެއާޕޯޓްތައް ހިންގަން، "ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފެއްދި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ކުންފުނި އުފެއްދި މަގުސަދެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނީ ކުންފުނީގެ މަގްސަދަކީ، ސަރުކާރުން ހިންގާ ސަރަހައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގައި، އެ އެއާޕޯޓުތައް މެދުވެރިކޮށް ސަރުކާރުން ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސްގެ ނަމުގައި ކުންފުންޏެއް އުފެއްދިއިރު، މިހާތަނަށް އެއާޕޯޓްތައް ބަލަހައްޓަމުން ގެންދަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ދަށުން ހިންގާ ޑިޕާޓްމަންޓެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ރާއްޖޭގެ އެކި ހިސާބުތަކުގައި 16 އެއާޕޯޓެއް އެބަ އޮތެވެ. ސަރުކާރުން ދަނީ މި އަހަރު ހޯރަފުށީގެ އެއާޕޯޓް އަންނަ މަހު ހުޅުވަން ތައްޔާރު ވަމުންނެވެ.