ހަބަރު

އަދީބު ގެއަށް ބަދަލުކޮށްފި

Oct 3, 2020
5
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް ހައިކޯޓްގައި އޮތް އިސްތިއުނާފް ޝަރީއަތަށް ހާޒިރުވަނީ. -- ފައިލް ފޮޓޯ
0%
0%
0%

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ގެއަށް ބަދަލު ކޮށްފި އެވެ.

ކަރެކްޝަން ސާވިސްއިން މިއަދު ބުނީ އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދެމުންދިއަ އަދީބު މީގެ ކުރިން ވެސް ގެއަށް ބަދަލުކޮށްފައިވަނިކޮށް، ޓަގް ބޯޓެއްގައި ރާއްޖޭން ފިލައިގެން އިންޑިއާ އިން އެތެރެވާން އުޅެނިކޮށް ވަނީ އަތުލައިގެންފަ އެވެ.

އަދީބު މިފަހަރު ގެއަށް ބަދަލުކޮށްފައިވަނީ ބޮޑު ހިޔާނާތާ ގުޅިގެން އުފުލާފައިވާ ހަތް ދައުވާއަށް އޭނާ ކްރިމިނަލް ކޯޓުގައި އިއިތިރާފުވެފައިވަނިކޮށެވެ.

އަދީބު ވިދާޅުވެފައިވަނީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެއްދެވިފައިވާ ގޯސްތަކާމެދު ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަންކަމަށް ތައުބާވެފައިވާ ކަމަށް ޝަރީއަތުގައި ވިދާޅުވިއެވެ. މަގާމާއި ބާރުގައި ހުންނެވި ދުވަސްތަކުގައި ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް އިއުތިރާފުވެ ދައުލާތާއި ދިވެހި ރައްޔިތުންގެ ކިބައިން އަދީބު ވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910