ހަބަރު

ރަން ފޯ މޯލްޑިވްސް: ފޯރި އާއެކު ކުރިއަށް

Oct 3, 2020
2

ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ދުވުމުގެ ގޮތުން އިންތިޒާމު ކުރި ވާޗުއަލް ރަން، "ރަން ފޮ މޯލްޑިވްސް" ކުރިއަށް އެބަ ދެ އެވެ.

މި ދުވުން ފެށީ މިދިޔަ މަހު 27 ގަ އެވެ. ގިނަ ބަޔެއްގެ ތަރުހީބާއެކު މި ދުވުމުގައި ރާއްޖޭގެ މަޝްހޫރު ދުވުންތެރިންނާއި ސިޔާސީ ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ.

ރަން ފޮ މޯލްޑިވްސް އިން ބުނި ގޮތުގައި، މިހާތަނަށް އެންމެ ފޯރިގަދަކޮށް ދަނީ 870 ކިލޯމީޓަރަށް ދުވާ ޓީމް އިވެންޓެވެ. 870 ކިލޯމީޓަރު ދުވުމަކީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދިގު މިނާ އެއްވަރަށް ހިމަނާފައިވާ ކެޓަގަރީ އެކެވެ. މި ދުވުމުގައި ފަސް މީހުންގެ ޓީމަކުން ބައިވެރިވެ، އެކި ދުވަސްމަތިން 870 ކިލޯމީޓަރު ހަމަކޮށް ނޮވެމްބަރު 11 ގެ ކުރިން ދުވުންތައް ފުރިހަމަ ކުރަން ޖެހެ އެވެ. ރަަން ފޮ މޯލްޑިވްސް އިން ބުނީ، މި ދުވުމުގައި 65 ޓީމަކުން ބައިވެރިވެ ދަނީ ދުވަމުންނެވެ. އަދި މީގެ ތެރޭގައި އެންމެ ގިނައީ ރާއްޖޭގެ ދުވުންތެރިން ކަމަށް ވެސް ފާހަގަ ކުރި އެވެ.

މި ދުވުމުގައި މިހާތަނަށް ބައިވެރިވެފައިވާ ޓީމްތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ "އުސްހަކުރު " ޓީމް އެވެ. އޭގެ ފަހަތުން އުޅެނީ "އެންޑީއާރު ރަން" ދެން އުޅެނީ "އެމްވީ ތަރަހުމްރާ" ގެ ނަމުގައި ޓީމް އިވެންޓުގައި ބައިވެރިވެފައިވާ ޓީމް އެވެ. އެހެން ބައިވެރިން އުޅެނީ އޭގެ ފަހަތުގަ އެވެ.

މިހާތަނަށް، 5.5 ކިލޯމީޓަރު 67 ފަރާތެއް ނިންމާފައިވާއިރު 16 ކިލޯމީޓަރު 43 ފަރާތެއް ފުރިހަމަ ކުރި އެވެ. އަދި 21 ކިލޯމީޓަރަށް 65 ފަރާތެއް ވަނީި ދުވެފަ އެވެ.

ރަން ފޮ މޯލްޑިވްސް ދުވުމަކީ ޓޫރިޒަމް މިނިސްޓްރީ އާއެކު އެމްއެމްޕީއާރުސީން އެންޑޯޒްކޮށްފައިވާ އިވެންޓެކެވެ. މި އިވެންޓުގައި ރާއްޖޭގައި ހިންގާ މަޝްހޫރު ގިނަ ރިސޯޓުތަކާއި ގެސްޓްހައުސް ތަކުން ބައިވެރިވެފައި ވެއެވެ. އިވެންޓުން ހޮވޭ 20 ފަރާތަކަށް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ލަކީޑްރޯގައި ދެ ލައްކަ ޑޮލަރުގެ އިންޝުއަރެންސް ކަވަރޭޖެއް ދޭނެ އެވެ.

މި ދުވުމުގެ އޮންލައިން މީޑިއާ ޕާޓްނަރީ އަވަސް އޮންލައިން އެވެ.