އެޓާނީ ޖެނެރަލް

ތިން މަސް: 186 ކަމަކާ ގުޅޭ ލަފާ ދީފި

Oct 4, 2020
2

މިދިޔަ ތިން މަސް ދުވަސް ތެރޭ 186 ކަމަކާއި ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ގާނޫނީ ލަފާ ދީފި އެވެ.

އޭޖީ އޮފީހުން ވަނީ މިދިޔަ ތިން މަސް ދުވަހު ދިން ގާނޫނީ ލަފާގެ ތަފާސް ހިސާބު އާންމު ކޮށްފަ އެވެ. އެ މުއްދަތުގައި 199 ކަމެއްގައި އެ އޮފީހުގެ ގާނޫނީ ލަފަޔަށް އެދި ހުށައަޅާފައި ވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ދިޔަ ތިން މަސް ދުވަހު އޭޖީ އޮފީހުން ވަނީ އެއްބަސްވުންތަކުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން 43 ކަމަކަށް ލަފާ ދީފަ އެވެ. އަދި އެކި ގަވާއިދުތަކާއި ގުޅޭގޮތުން 28 ލަފައެއް އަދި ބިލް ތަސްދީގު ކުރުމާއި ގުޅޭގޮތުން 18 ލަފައެއް ދީފައެވެ. އަދި އުސޫލުތަކާއި ގުޅޭގޮތުން ހަތަރު ލަފައެއް ދީފައި ވެއެވެ.