ރައްޔިތުންގެ މަޖިލިސް

އޭޖީގެ ލަފާފުޅާއެކު ބަޖެޓް ހުށަހަޅުއްވަން ވަޑައިނުގަންނަވަން އަމީރު ނިންމަވައިފި

މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ އެޖެންޑާކޮށްފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ޖަލްސާއަށް ވަޑައިނުގަންނަވަން ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާތީ މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނިންމަވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އިތުރުން މިއަހަރުގެ ބާކީ އޮތް މުއްދަތަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުންވެސް ވަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު އަވަސް އަށް ވިދާޅުވީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާއަށް ވަޑައިނުގަންނަވަން މިނިސްޓަރަށް އެޓާނީ ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހެޅިފައިވާ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީ ލަފާ ދެއްވާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

ބަޖެޓު ހުށަހެޅުމުގެ ޖަލްސާއަށް ވަޑައިނުގަންނަވަން އޭޖީ ލަފާ ދެއްވާފައިވާއިރު މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ދަނީ އިހުތިޖާޖު ކުރަމުންނެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް ސަލާމް ވިދާޅުވެފައިވާތީ މި ދެ ދުވަހުގެ ޖަލްސާވއެއް ވަނީ ކެންސަލްކޮށްފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިހާރު ތާވަލްކޮށްފައިވަނީ މާދަމާ ބާއްވާ ޖަލްސާ އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345