ބޮލީވުޑް

ކޮވިޑް ޖެހިގެން ތަމަންނާ އެޑްމިޓްކޮށްފި

Oct 6, 2020

ތަމަންނާ ބާޓިއާ އަކީ ސައުތު އިންޑިއާގައި ވަރަށް މަޝްހޫރު ބަތަލާ އެކެވެ. ބައެއް ހިންދީ ފިލްމުތައް ވެސް މިހާރު ކުޅޭ ތަމަންނާ ކޮވިޑަށް ޕޮޒިޓިވް ވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ތަމަންނާ މިހާރު ކުޅެމުންދާ ވެބް ސީރީޒް އެއްގެ ޝޫޓިންގް ހައިދަރުއާބާދުގައި މިހާރު ކުރިޔަށް އެބަދެ އެވެ. އޭނާ ބަލިވީ އެ ސީރީޒްގެ ޝޫޓިންގްގައި އުޅެނިކޮށެވެ.

ކޮވިޑަށް ޕޮޒިޓީވްކަން އެނގުނީ ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރުމުންނެވެ. ތަމަންނާގެ މަންމަ އާއި ބައްޕަ އަށް މިދިޔަ އޮގަސްޓްމަހު ކޮވިޑް ޖެހިގެން ފަރުވާ ދީފައި ވެއެވެ. ނަމަވެސް އޭރު އޭނާއަކަށް ބައްޔެއް ނުޖެހެ އެވެ.