ހަބަރު

ފެނަކައިން ތަމްރީނުދޭ މަރުކަޒެއް އުފައްދައިފި

ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުން "ފެނަކަ އިންސްޓިޓިއުޓް ފޮ ޓްރެއިނިން އެންޑް ރިސާޗް" ގެ ނަމުގައި މުވައްޒަފުން ތަމްރީނު ކުރަން މަރުކަޒެއް އުފަައްދަައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ އެ ކުންފުނީގައި މަސައްކަތްކުރާ 3،300 އަށްވުރެ ގިނަ މުވައްޒަފުން ގާބިލު މުވައްޒަފުންނަށް ހަދާ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ތައުލީމާއި ތަމްރީންދޭ މަރުކަޒެއް ފެނަކަ ކޮޕަރޭޝަންގައި ރަޖިސްޓްރީ ކޮށްފި ކަމަށެވެ.

މި އިންސްޓިޓިއުޓްގެ މަގްސަދަކީ ކުންފުނީގެ ވަޒީފާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ވޮކޭޝަނަލް ޓެރޭނިން ދިނުމާއި، ދެވޭ ހިދުމަތްތަކާއި ގުޅޭ ދާއިރާއިން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށް ފެނަކަ އިން ބުންޏެވެ. މީގެ އިތުރުން، ރިނިޔުވަބަލް އެނާޖީ، ފެނާއި ނަރުދަމާ ދިރާސާތައް ކުރާނެ ކަމަށްވެސް ބުންޏެވެ.

ފެނަކައިން އިތުރަށް ބުނީ، މި އިންސްޓިޓިއުޓުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި ބައިނަލްއަގުވާމީ ފެންވަރު ހުނަރާއި ގާބިލުކަން ހުންނާނެ ކަމަށާއި އެ ފެންވަރުގެ ސެޓްފިކެޓެއް ވެސް އޮންނާނެ ކަމަށެވެ.