ހަބަރު

ވިލާއިން އިންޖިނިއަރިން ކޯސްތައް ތައާރަފުކޮށްފި

ވިލާ ކޮލެޖުން އަންނަ އަހަރު އަލަށް ތައާރަފު ކުރާ އިންޖިނިއަރިންގެ ޕްރޮގްރާމްތަކެއް ލޯންޗު ކޮށްފި އެވެ.

އިންޖިނިއަރިން ދާއިރާގެ ހަތަރު ޕްރޮގްރާމެއް ވިލާ ގައި އަންނަ އަހަރު ފަށާނެ އެވެ. އެ ޕްރޮގްރާމްތަކަކީ ފައުންޑޭޝަން އިން އިންޖިނިއަރިން، ބެޗެލާ އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގް (އޮނާސް)، ބެޗެލަ އޮފް މެކޭނިކަލް އިނޖިނިއަރިން (އޮނާސް) އަދި ބެޗެލާ އޮފް މެކަޓްރޯނިކްސް އިންޖިނިއަރިންގް (އޮނާސް) އެވެ.

މި ކޯސްތައް ލޯންޗުކޮށްފައި ވަނީ ރޭ ބޭއްވި ހާއްސަ ވާޗުއަލް ރަސްމިއްޔާތެއްގަ އެވެ. ޕްރޮގްރާމްތައް ލޯންޗުކޮށްދެއްވީ، ނައިބު ރައީސް، ފައިސަލް ނަސީމެވެ. ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، މި ދާއިރާތަކުން ހިދުމަތްކޮށްދޭނެ ހުނަރުވެރިން ގައުމަށް ބޭނުންވާ ކަމަށެވެ. އަދި މި ޕްރޮގްރާމްތައް ވިލާ އިން ލޯންޗުކޮށްދެއްވީތީ އެކަމަށް ޝުކުރު އަދާ ކުރެއްވި އެވެ.

ވިލާ ކޮލެޖުން އަންނަ އަހަރު ފަށާ އިންޖިނިއަރިންގް ޕްރޮގްރާމްތަކާއެކު ޖުމްލަ 90 އަށްވުރެ ގިނަ ޕްރޮގްރާމުތައް ހިމަނައިގެން ކިޔަވައިދޭން ފަށާނެ އެވެ. މި ޕްރޮގްރާމްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ކޯސްތަކަށް އެޕްލައި ކުރުމުގެ އެންމެ ފަހު ދުވަހަކީ ޑިސެމްބަރު 19 އެވެ.