ވިލާ ކޮލެޖް

ވިލާގެ ކޯސްތަކަށް ކުރިމަތިލުމުގެ އިތުރު ފުރުސަތެއް

އަންނަ މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ކޯސްތަކަށް ކުރިމަތިލުމަށް ދީފައިވާ އެންމެ ފަހު ތާރިހަކީ އަންނަ މަހުގެ ހައެކެވެ.

ވިލާ ކޮލެޖުގެ މެއި މަހުގެ އިންޓޭކުގައި ސެޓްފިކެޓް ލެވެލް ތިނެއްގެ 11 ކޯހަކާއި ފައުންޑޭޝަން ލެވެލްގެ 17 ކޯހަކާއި ޑިޕްލޮމާ ލެވެލްގެ 24 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ 10 ކޯހަކާއި ޑިގްރީ ލެވެލްގެ 27 ކޯހެއްގެ އިތުރުން މާސްޓާސް ފެންވަރުގެ 15 ކޯހެއް ހިމެނެ އެވެ.

ވިލާ ކޮލެޖުން އަންނަ މަހު ފަށާ އިންޓޭކުގައި 100 އަށް ވުރެ ގިނަ ކޯހަށް ހުޅުވާލާފައިވެ އެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގައި ވިލާގެ ޑިގްރީގެ ހުރިހާ ޕްރޮގްރާމްތަކެއް ހިމެނޭނެ ކަމަށްވެސް ވިލާ ކޮލެޖުން ވަނީ މައުލޫމާތު ދީފަ އެވެ