ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ

Jul 5, 2023

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮލެޖެއްގެ ދަރަޖަ ދީފި އެވެ.

އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ ދީ އެކަމުގެ ލިޔުން ހަވާލުކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ.

އެމްއައިޓީ އުފެދުނީ ސެންޓަ ފޯ ކެރިއާ އެންޑް ޓެކްނިކަލް އެޑިޔުކޭޝަންގެ ނަމުގައި ޖުލައި 2005ގަ އެވެ.

ތަފާތު އެކި ދާއިރާތަކުން 50 އަށްވުރެ ގިނަ ކޯސް ހިންގަމުން އަންނަ އެމްއައިޓީގައި މިހާރުވެސް 200އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

އޭގެ ތެރޭގައި ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން ކޯސްތަކާއި އައިޓީ ކޯސްތަކުގެ އިތުރުން އިލެކްޓްރިކަލް ކޯސްތައް ހިމެނެ އެވެ.

އެމްއައިޓީ އިން އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމްތައްވެސް ހިންގަ އެވެ.