ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ރައީސްގެ ސްކޯލަޝިޕް ހަ ދަރިވަރަކަށް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޯލާޝިޕް ހަ ދަރިވަރަކަށް ދީފި އެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދައިގެން ފާސްވެފައިވާ ހަ ދަރިވަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސްކޮލާޝިޕް ހަވާލުކުރައްވާފަ އެވެ.

ދިވެހި ދައުލަތުން ހަރަރުކޮށްގެން ދޭ އެންމެ ޝަރަފްވެރި ސްކޮލަޝިޕް ދަރިވަރުންނާ ހަވާލުކޮށްފައިވާއިރު، މި ސްކޮލާޝިޕްގެ ދަށުން ދަރިވަރުން ބޭނުން ގައުމަކުން އަދި ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 24 ދަރިވަރަކަށް ރައީސްގެ ސްކޮލަޝިޕް ލިބިފައިވެ އެވެ.

ފަސް މާއްދާއިން "އޭ" ހޯދާފައިވާ 79 ދަރިވަރަކަށް ހައި އެޗީވާސް ސްކޮލަޝިޕް ވެސް ރޭގެ ރަސްމިއްޔާތުގައި ދީފައިވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަޝިޕްގެ ދަށުން "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތި ނޫން ފެންވަރުގެ ސަނަދެއް ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭ މި ސްކޮލަޝިޕްގެ ބޭނުން ހިފަން ޖެހެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، އެކަން ޔަގީން ވަނީ ހައި އެޗީވާސް ސްކޮލަޝިޕް ހާސިލް ކުރާ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް އިތުރުވާތީ ކަމަށެވެ.