ހޯރަފުށީ އެއާޕޯޓް

ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭން އިތުރު ވަގުތު

Oct 18, 2020
2

ހއ. ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ތަކެތި ފޯރުކޮށް ދޭން ދީފައިވާ ވަގުތު ރީޖަނަލް އެއާޕޯޓްސް އިން އިތުރު ކޮށްދީފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނި ގޮތުގައި ހޯރަފުށި އެއާޕޯޓަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދޭން ކުރި އިއުލާނުގެ މުއްދަތު މި މަހުގެ 27 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ހޯދަން އިއުލާނުކޮށްފައިވާ ތަކެތި

  • މިނީ ޕިކަޕެއް
  • އެއާޕޯޓަށް ބައެއް ތަކެތި
  • ޓްރެކްޓަރު އަދި ރޮޓަސްލެޝަ
  • ފަޔާ އިކިއުޕްމަންޓްސް
  • ފޯމް ސަޕްލައިކުރުން
  • ފަޔާ ޕަންޕް
  • ވޯކް ތުރޫ މެޓަލް ޑިޓެކްޓަރު
  • ސްކްރީނިން މެޝިން

ހޯރަފުށީގައި އެއާޕޯޓުގެ މަސައްކަތް ކުރަމުން ގެންދަނީ އެމްޓީސީސީ އިންނެވެ. އެ ކުންފުނިން ދަނީ އެއާޕޯޓުގެ މަސައްކަތް އަންނަ މަހުގެ 11 ގެ ކުރިން ނިންމާލަން މަސައްކަތް ކުރަމުންނެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށް ނިމޭއިރު 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް އިންނާނެ އެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމަށް ވަނީ ނިންމާފަ އެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާފައިވަނީ 64 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އިންނެވެ. އެގޮތުން 16 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.