ހޯރަފުށީ އެއާޕޯޓް

ހޯރަފުށީ އެއާޕޯޓް މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

Jun 11, 2020

ހއ. ހޯރަފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ހޯރަފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިޔަށްދާ ކަމަށާއި މިހާރު 83 ޕަސެންޓުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިޔަށް ދަނީ ތާރު އެޅުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހޯރަފުށީ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދާނެ އެވެ. އަދި 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ހިމެނެ އެވެ.

އޭގެ އިތުރުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ ނިމިފަ އެވެ. އަދި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް މިދިޔަ މާޗު މަހު ވަނީ ނިންމާފަ އެވެ. އެމްޓީސީސީން ބުނީ މުޅި މަޝްރޫއު އަންނަ ސެޕްޓެމްބަރު މަހު ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.