ހޯރަފުށީ އެއާޕޯޓް

ހޯރަފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލްގެ މަސައްކަތް ފަށައިފި

Sep 21, 2020
1

އުތުރުގެ ހއ. ހޯރަފުށި އެއާޕޯޓުގެ ފެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިންގްގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

މި މަސައްކަތް 80 ދުވަހުން ނިންމަން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އޯގަސްޓު މަހުގެ 27 ވަނަ ދުވަހު އެވެ.

އެ ރަށުގެ އެއާޕޯޓްގެ މަސައްކަތް ވެސް ކުރާ ސަރުކާކާރުގެ ކޮންސްޓްރަކްޝަން ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހޯރަފުށީގައި ހަދާ އެއާޕޯޓުގެ 100 މީހުންގެ ޖާގައިގެ ފެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިންގް އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި މިއީ 16،131،042.02 ރުފިޔާގެ މަސައްކަތެއް ކަމަށެވެ.

ހޯރަފުށީ އެއާޕޯޓްގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކުއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކުއާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކުއާ މީޓަރުގެ ފަޔާ އެކްސެސް މަގެއް ހިމެނޭ އިރު އެއާޕޯޓު އިން ވަކިކުރަން 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެ އެވެ.