ހަބަރު

ގާސިމާއެކު އެންއައިސީއަށް މެންބަރުންނަށް ރުހުން ދީފި

Oct 19, 2020

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސް ވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރަން އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވައިލި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމާއެކު ތިން ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

އެންއައިސީއަށް އައްޔަނުކުރުމަށް މިއަދު މަޖިލީހުން ރުހުންދީފައިވަނީ ގާސިމުގެ އިތުރުން އާމިނަތު ޝާދިޔާ އާއި އަލްއުސްތާޛާ އާމިނަތު ޝިއުނާ އާއި އަލްއުސްތާޛު ޝުއައިބު އަބްދުއްރަހުމާން އަށެވެ.

އެ ހުރިހާ ބޭފުޅުންނަށްވެސް ރުހުންދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ގާސިމް ވަނީ ޖަލަށް ލައިފަ އެވެ.

ހުކުމް ތަންފީޒު ކުރުމަށް ފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި މިހާރު ހުންނަވަނީ ދާދި ފަހުން މެމްބަރަކަށް އައްޔަން ކުރެއްވި އަހްމަދު ޖިހާދު އެކަންޏެވެ.