ވިޔަފާރި

އައިޓީބީ އޭޝިއާ ފެއާގައި ވާޗުއަލްކޮށް ބައިވެރިވެއްޖެ

Oct 22, 2020
ޖަރުމަނުގައި ކުރިން ބޭއްވި އައިޓީބީ ފެއާގައި ދެ އަންހެނަކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: އަވަސް
66.7%
33.3%
0%

އޭޝިއާގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ އޭޝިއާ ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

ވާޗުއަލްކޮށް ކުރިއަށްދާ މި ފެއާ އޮންނަނީ 21 އިން 23 ގެ ނިޔަލަށެވެ. މި ފެއާގައި ރާއްޖޭގެ ފަރާތުން 17 ކުންފުންޏަކުން ބައިވެރިވެ އެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި ފެއާގެ ރާއްޖޭގެ ރީތިކަން ދައްކާނެ އެވެ.

ދިހަ މިލިއަން ޑޮލަރުގެ ބެޖެޓަކާއެކު ކުދި ފެއާތަކުގައި އެމްއެމްޕީއާރްސީން ބައިވެރިވާއިރު ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވި ފަހުން އޭޝިއާ ހިމެނޭ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 11،581 ޓޫރިސްޓުންނެވެ.

އައިޓީބީއަކީ ދުނިޔޭގައި އެންމެ ފުޅާކޮށް ބާއްވާ ފެއާ އެވެ. މި ފެއާ އެންމެ ކުލަގަދަކޮށް ބާއްވަނީ ޖަރުމަނުގެ ވެރިރަށް ބާލިންގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345