އަހުމަދު ޝިޔާމް

ކުއްލި ގޮތަކަށް ޝިޔާމަށް ފަރުވާ ދޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް އާދަޔާހިލާފަށް ހުން ގަދަވެ މަޖިލީހުގައި މަޑު ކުރެއްވޭވަރު ނުވެގެން ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި ފަރުވާ ދޭން ފަށައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ޝިޔާމް މިއަދު އޭޑީކޭ ހޮސްޕިޓަލަށް ގެންދަން މަޖިލީހުގެ އިދާރާއިން ބޭރަށް ނެރުނީ މެންބަރުންގެ އެހީގަ އެވެ. އޭގޭ ފަހުން އޭނާއަށް ސްޓްރޯކެއް ޖެހުނު ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

ނަމަވެސް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްުދުﷲ ވިދާޅުވީ ޝިޔާމަށް ސްޓްރޯކެއް ޖެހުނު ކަމަށް އަޑު ފެތުރިފައިވި ނަމަވެސް އެފަދަ ކަމެއް ނެތް ކަމަށާއި އިމަޖެންސީގައި ފަރުވާ ދެމުން ދަނީ ވަރަށް ބޮޑަށް ހުން ގަދަވެ މަޖިލީހުގައި އިންނެވޭ ވަރު ނުވެގެން ކަމަށެވެ.

"ޝިޔާމަށް ސްޓްރޯކެއް ނުޖެހޭ. އޭނާގެ ހުން ވަރަށް ބޮޑަށް ގަދަވީ، މަޖިލީހަށް ވަޑައިގެންނެވި އިރު ވެސް ހުން ހުރި ކަމަށްވޭ. މިހާރު އެކަމަކު ހޮސްޕިޓަލަށް ގެންދެވުނު ފަހުން ތަންކޮޅެއް ރަނގަޅު،" އަބްދުއް ރަހީމް ވިދާޅުވި އެވެ.