އިމިގްރޭޝަން

މިއަަހަރުގެ ނިޔަލަށް އިމާޖަންސީ ޑިޕާޗާގައި ފުރޭނެ

Oct 30, 2020

"އެޕްލިކޭޝަން ފޯ އިމާޖެންސީ ޑިޕާޗާ ފޯމް" ހުށައަޅައިގެން ފުރޭނީ މި އަހަރުގެ ނިޔަލަށް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ވާކް ވިސާގެ މުއްދަތު ހަމަވެ އައު ކުރެވެން ނެތް މީހުންނާއި އެހެނިހެން ބާވަތްތަކުގެ ވިސާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ މީހުންގެ ތެރެއިން، އެ މީހަކަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އައުކުރެވެން ނެތް ހާލަތުގައި ރާއްޖެއިން ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އެ އިންތިޒާމުގެ ދަށުން ފުރުވާލެވޭނީ، ފުރިހަމަކޮށްފައިވާ "އެޕްލިކޭޝަން ފޯ އިމާޖެންސީ ޑިޕާޗާ" IM34 ފޯމު އިމިގްރޭޝަންގެ ޑިޕާޗާ ކައުންޓަރަށް ހުށަހެޅުމުންނެވެ. އަދި ބިދޭސީ މީހާ ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލާސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރަންވެސް ޖެހެއެވެ.

"އެޕްލިކޭޝަން ފޯ އިމާޖެންސީ ޑިޕާޗާ" IM34 ފޯމު ހުށައަޅައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީހަކީ ޑިސެންބަރު 31 ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.