ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: ބަލި މީހުންގެ އަދަދަކީ 800

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ މިވަގުތު ރަނގަޅުނުވެ ތިބި މީހުންގެ އަދަދު 800 ދަށްވެއްޖެ އެވެ. ރާއްޖެއިން މިހާތަނަށް 11,659 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 236 ދުވަސް ހޭދަ ކޮށްފައިވާއިރު މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 800 އަށް ދަށްވެފައެވެ. އޭގެ ތެރެއިން 55 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައެވެ. ދެ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 10,814 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފަ އެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 92.81 ޕަސެންޓް މީހުންނެވެ. ކޮވިޑްގައި 38 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑްގައި ރާއްޖެ ހޭދަކުރި އެންމެ އުނދަގޫ ދުވަސްތަކަކީ އޮގަސްޓް މަހުގެ ދުވަސްތަކެވެ. އެ މަހު އެކަނިވެސް 3،900 މީހަކަށް ބަލި ޖެހުނެވެ. 12 މީހަކު މަރުވިއެވެ. ނަމަވެސް ސެޕްޓެންބަރުން ފެށިގެން އެ ނަންބަރު ވަނީ ދަށްވާން ފަށާފައެވެ. މިއަދު ޕޮޒިޓިވްވީ 24 މީހެކެވެ. އެއީ 20 ދިވެހިިންނާއި ހަތަރު ބިދޭސީންނެވެ. މިއީ މި ފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ. މި ދިޔަ ސާޅީސް ފަސް ދުވަހުގެ ތެރޭގައި 100 އިން މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު އެރީ އެންމެ ދުވަހަކުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް ކޮވިޑް ފެތުރޭ މިންވަރު ދަށަށްދާން ފެށުމުން ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.

އެ ގޮތުން ކާފިއު ގަޑި ކުރުކޮށް ހޮޓާ،ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވޭ ވަގުތު ވަނީ އިތުރުކޮށްފައެވެ. މިހާރު ކާފިއު ވަގުތަކީ ރޭގަނޑު 11 އިން ފެށިގެން ފަތިހު ހަތަރަކަށެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަންވެސް ރޭގަނޑު 10:30 ވަންދެން ހުޅުވާފައި ބެހެއްޓެއެވެ.