ހަބަރު

ތަަލަ ވާހަކަ ނުބުނެ ކައިވެނި ކުރުމުން ޕޮލިހަށް

ހަތާވީސް އަހަރުގެ އަންހެނަކު އޭނާގެ ފިރިމީހާގެ ޝަކުވާ ހިފައިގެން އިންޑިޔާގެ ޕޮލިސް ސްޓޭޝަނަކަށް ހިނގައްޖެ އެވެ. އަންހެންމީހާ މައްސަލަ ޖައްސަނީ ފިރިހެންމީހާ އޭނާއަށް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ބުނެ އެވެ.

އިންޑިޔާގެ މުމްބައިގައި ހިނގި މި ހާދިސާގައި އަންހެންމީހާއަށް ފިރިހެންމީހާ މަކަރު ހެދީ ކަމަށް ގަބޫލު ކުރެވެނީ އޭނާގެ ބޮލުގައި އިސްތަށިނެތް ކަމާއި ތަލަވެފައިވާ ކަން ސިއްރު ކޮށްގެން ކައިވެނި ކުރީމަ އެވެ.

ފިރިހެންމީހާ އަކީ 29 އަހަރުގެ ޒުވާނެއް ނަމަވެސް ކޮންމެވެސް މައްސަލައަކާ ހެދި އެމީހާގެ ބޯ ހުންނަނީ އެއްކޮށް ތަލަވެފަ އެވެ. ތާނޭ ކޯޓުން މިހާރު މި މައްސަލަ ދަނީ ބަލަމުންނެވެ. އަދި ފިރިހެންމީހާ ފިލައިގެން އުޅޭތީ ވީހާ އަވަހަށް ފުލުހުންނާ ހަވާލުވުމަށް ކޯޓުން ވަނީ ފިރިހެންމީހާގެ މައްޗަށް އަމުރު ކޮށްފަ އެވެ.

އަންހެންމީހާ ބުނަނީ ފިރިހެންމީހާ އުޅުނީ ވިގެއް އަޅައިގެން ކަމަށެވެ. އަދި ތަލަކަން އެނގުނީ ކައިވެނިކުރިތާ އެތައް ދުވަހެއް ފަހުންނެވެ. އަދި އެނގުނު ވަގުތު ވަރަށް ބޮޑު ޝޮކެއް އޭނާއަށް ލިބުނު ކަމަށާއި ކައިވެނީގެ ކުރިން މިފަދަ އެއްވެސް ވާހަކައެއް އޭނާ ކައިރީ ފިރިހެންމީހާ ބުނެފައި ނުވާ ކަމަށް އަންހެންމީހާ ބުންޏެވެ.

ފުލުހުންނަށް ހުށަހެޅި ޝަކުވާގައި އަންހެންމީހާ ބުނެފައިވަނީ ތަލަވެފައި ހުރިކަން އެނގޭނަމަ އެމީހާ އާ އޭނާ ކައިވެނި ކުރަން އެއްބަސް ނުވީސް ކަމަށެވެ. އަދި އެ ޝަކުވާ ފިރިހެންމީހާގެ މައިންބަފައިން ކައިރީގައި އަންހެންމީހާ ކުރުމުން އެއީ ދެން އެހާ ވަރެއްގެ ކަމެއް ނޫނޭ އެމީހުން ބުނި ކަމަށް ވެސް އަންހެންމީހާ ބުނެ އެވެ.

ފުލުހުން ބުނީ ފިރިހެންމީހާ އާއި އޭނާގެ މައިންބަފައިންގެ މައްސަލަ ވެސް ބަލަމުންދާ ކަމަށެވެ. އޮޅުވާލައި މަކަރު ހެދިކަމުގެ ތުހުމަތުގަ އެވެ.