ހަބަރު

ރަން ފޯ މޯލްޑިވްސް ނުވަ ވަނަ ދުވަހު ނިންމާލަނީ

Nov 3, 2020

އިންޓަނޭޝަނަލް ވާޗުއަލް ރަން "ރަން ފޯ މޯލްޑިވްސް" މިމަހުގެ ނުވަ ވަނަ ދުވަހު ނިންމާލާނެ ކަމަށް ބުނެފި އެވެ.

މި ދުވުން އިންތިޒާމު ކުރާ ޔުނީކް ސްޕޯޓިން ކުންފުނިން ބުނި ގޮތުގައި މި ދުވުން މިމަހުގެ ނުވަ ވަނަ ދުވަހު ނިންމާލާއިރު، މިހާތަނަށް 5600 މީހުން ބައިވެރިވެފައިވާ ކަމަށެވެ. މީގެތެރޭގައި އިންޓަނޭޝަނަލް 1،000 ދުވުންތެރިންވެސް ހިމެނޭ ކަމަށެވެ. އަދި މިހާތަނަށް މި ދުވުން 3،120 ބައިވެރިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ޓޫރިސްޓުން އިސްތިހާރު ކުރުމަށް ހާއްސަ ބައެއް ވެސް ހިމެނޭ މި ދުވުމުގައި ނަސްރުގެ ދުވަހާ ދިމާކޮށް ވަނީ 10 ކިލޯ މީޓަރުގެ ބައެއް ހިމަނާފަ އެވެ. މިބައިގައި ބައިވެެރިވުމުގެ ފުރުސަތު މިރޭގެ ނިޔަލަށް އޮންނާނެ އެވެ.

ރަން ފޯ މޯލްޑިވްސް އިން ބުނި ގޮތުގައި މިމަހުގެ ނުވަ ވަނަ ދުވަހު ރަޖިސްޓްރޭޝަން ކްލޯޒް ކުރިނަމަވެސް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ދުވެވޭނެ ކަމަށެވެ. އަދި ބައިވެރިންނަށް މިމަހުގެ 20 ވަނަ ދުވަހު މެޑަލް ފޯރުކޮށްދޭނެ ކަަމަށެވެ.