އެމްޑަބްލިއުއެސްސީ

ކަނބާ އައިސާ ރަނި ހިނގުމުގައިވާ ގޭގެއިން މިރޭ ދަންނަވަރު ފާހާނާ ބޭނުން ނުކުރަން އެދެފި

ކަނބާ އައިސާ ރަނި ހިނގުމުގައިވާ ގޭބީސީތަކުން މިރޭ ދަންނަވަރު ފާހާނާ ބޭނުން ނުކުރަން އެދެފި އެވެ.

ފެން ކުންފުނި އެމްޑަބްލިއުއެސްސީން މިރޭ އާންމުކުރި ނޯޓިސްއެއްގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ކަނބާ އައިސާ ރަނި ހިނގުމުގައިވާ ކުރިން އަޅާފައިވާ ނަަރުދަމާ ހޮޅި އާއި މިހާރު އަލަށް އަޅަން ފަށާފައިވާ ނަރުދަމާ ހޮޅި ގުޅާލުމުގެ މަސައްކަތް މިރޭ ކުރުމަށް ހަަމަޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 12 އިން ދެ އަކަށެވެ.

އެހެން ކަމުން މުނިޔާ މަގާއި މަޖީދީމަގާ ދެމެދު ކަނބާ އައިސާ ރަނި ހިނގުމުގައިވާ ގޭބީސީތަކުން އެ ގަޑީގައި ފާހާނާ އަދި ސިންކު ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ. އެ ވަގުތު ދިމާވާނެ ދަތިތަކަށް އެ ކުންފުނިން މައާފަށް އެދިފައިވެއެވެ.