ހަބަރު

އެލައިޑް ހެލްތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުންގެ ދައުރު ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެލައިޑް ހެލްތު ކައުންސިލުގެ ތިން މަގާމަކަށް ފުރުސަތު ހުޅުވާލާފައިވާއިރު މި ދެ މަގާމަކީ ހެލްތު ޕްރޮފެޝަނެއްލެއްގެ މަގާމާއި ހެލްތް ޕްރޮފެޝަނަލެއް ކަމުގައިނުވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްގެ މަގާމެވެ.

މި ދެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭއިރު އެމީހުންނަށް ގާނޫނީގޮތުން ބާރުތަކެއް ވަނީ ދީފަ އެވެ.

މި މަގާމުތަކަށް ހޮވޭ މީހުންނަށް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން މިކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެ ކިޔުމެއް އެ މިނސްޓްރީއަށް ހުށަހަޅަންޖެހޭ ކަމަށްވެސް މިނިސްޓްރީނގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.