ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ދިވެހިންނާ ބިދޭސީން ތަފާތެއް ނުކުރަން"

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރި ކަމަށް އަޅާފައިވާ ފިޔަވަޅުތަކުގައި ދިވެހިންނާއި ބިދޭސީން ތަފާތު ނުކުރާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަމަލު ކުރާ އުސޫލާމެދު ވަރަށް ގިނަ ބަޔަކު ފާޑުކިޔައެވެ. އަދި ދިވެހިންނަށް އެ ގައިޑުލައިނުން އިތުރު އުނދަގޫތައް ކުރިމަތިކޮށްފައިވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ރާއްޖެއިން ބޭރުން މީހުންނަށް ރާއްޖެ އާދެވޭއިރު 14 ދުވަހުގެ ކަރަންޓީންނާއި ނުލައި އެއްވެސް މީހަކަށް މާލެއިން އެހެން ރަށްރަށަށް ނުދެއެވެ. ނަމަވެސް އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ކުންފުނިތަކާއި ސަރުކާރުގެ ބައެއް އިސްވެރިން އެކި ރަށްރަށަށް ދަތުރުކޮށް އުޅެނީ ކަރަންޓީންވުމާ ނުލައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ނޫސްވެރިއަކު ވަނީ ބިދޭސީންނާއި ދިވެހިންނާ ތަފާތު ކުރުމެއް ގެންގުޅޭތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ކުރިންވެސް ޖަވާބެއް ދީފައިވާނެ ކަމަށް ވިދާޅުވެ އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވަނީ ނޫސްވެރިޔާއަށް އަމާޒުކޮށް އިހުތިރާމް ކުޑަކޮށް ވާހަކަ ދައްކަވާފައެވެ.

"އަޅުގަނޑަށް ވަރަށް ރަނގަޅު އިނގޭތޯ ތި ބޭފުޅުން އަޅުގަނޑުމެން ޕްރެސްގައި ދޭ ޖަވާބުތައް ކަވަރު ކުރައްވާ ކަމުގައިވަންޏާ ބައިވެރިވެވަޑައިނުގެންނެވިޔަސް،" ޕްރެސްގައި ބައިވެރިވެ ވަގުތުން ސުވާލު ނުކުރުމަށް އެދޭ މޭރުމަކުން އެ ނޫސްވެރިޔާއަށް އަމާޒުކޮށް ނަޒްލާ ވިދާޅުވިއެވެ. -ނޫސްވެރިންގެ ބައްދަލްވުންތަކުގައި ބައެއް ފަހަރު ނަޒްލާ ވާހަކަ ދައްކަވާ ގޮތުން އާންމުންގެ ފާޑުކިޔުންވެސް ވަރަށް ބޮޑަށް އަމާޒުވެއެވެ.-

ނަޒްލާ ވިދާޅުވީ ދިވެހިންނާއި ބިދޭސީން ތަފާތު ނުކުރާ ކަމަށެވެ. ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ރާއްޖެއިން ބޭރުން ފަތުރުވެރިންނަށް އާދެވުނު ނަމަވެސް ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގައި ހުންނަން ޖެހޭނީ ވަކި ގައިޑްލައިންއަކާ އެއްގޮތަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް ތަފާތު ކުރަނީކީ ނޫން ދިވެހިންނަކާއި ބޭރު މީހުންނަކާއެއް. ޕީސީއާރު ނެގެޓިވް ޓެސްޓެއް ހަދައިގެން އައި ކަމުގައިވިޔަސް ކުރިންވެސް ދެންނެވިހެން ރިސޯޓްތަކުގައި ނުވަތަ ގެސްޓްހައުސްތަކުގައި ޖެހެނީ ވަކި ގައިޑްލައިންތަކަކާއެކުގައި. ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށްވެސް ދަތުރެއް ނުކުރެވޭ ކަރަންޓީން ނުވެއެއް،"

ނަޒްލާ ވިދާޅުވީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް އެންމެ ބޮޑަށް މަސައްކަތް ކުރީ މީހުން ދިރިއުޅޭ ރަށްރަށައް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ. މިދިޔަ ހަފްތާގެ ނިޔަލަށް ރަށްރަށައް ފުރަބަންދު ކަރަންޓީނަށް ފޮނުވި މީިހުންގެ ތެރެއިން 193 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށާ ފުރަބަންދު ކަރަންޓީން އުވާލި ނަމަ އެ 193 ކޭސް އައުޓްބްރޭކަކަށްވީސް ކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް 138 ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ފްރީ މޫވްމަންޓް ދޫކޮށްލައިފިނަމަ ބަލި ފެތުރޭ މިންވަރު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.