ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހާލުބަލާ ޕޯޓަލްއަށް ލިޔުންތައް އަޕްލޯޑްވޭތޯ ޔަގީންކުރަން އެދެފި

Nov 30, 2020

އަތޮޅުތެރެއަށް ގޮސް ކަަރަންޓީނުވާން އެދޭ މީހުން، ހާލުބެލުން ޕޯޓަލް އަށް ކިޔެކިޔުން ހުށަހަޅާއިރު އެ ތަކެތި އަޕްލޯޑްވޭތޯ ޔަގީން ކުރުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެދެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކައުންސިލްތަކުން ފަސޭހައިން ހުއްދަ ލިބޭނެކަން ޔަގީންވާތީ ޑޮކިިއުމަންޓުތައް ޕޯޓަލް އަށް އަޕްލޯޑް ކުރަން ހަމަޖައްސާފައި އޮންނަ ވަގުތަށް އަޕްލޯޑް ނުކުރެވޭ މައްސަލަތައް ދިމާވާ ކަމަށެވެ. އެގޮތުން، ލިޔުންތައް ހުށަހަޅަން އެދެނީ 72 ގަޑިއިރު ކުރިން ކަމަށެވެ.

"މާ އަވަހަށް ޑޮކިއުމަންޓުތައް ލުންވެސް ކަމަކު ނުދާނެ. މިސާލަކަށް 10 ދުވަސް ކުރިއަށް އަޕްލޯޑް ކުރިއަސް ބަލައެއް ނުގަނެވޭނެ. އެހާ މުއްދަތުގެ ތެރޭގައި ބަދަލުތަކެއް އައިސްދާނެ ކަމަށް ބެލެވޭތީ. އެންމެ ރަނގަޅު ޓައިމް ޕީރިއަޑް އަކީ ދަތުރުކުރަން އެދޭ ތާރީހުގެ 72 ގަޑިއިރު ކުރިން ބޭނުންވާ ޑޮކިއުމަންޓުތައް ހަމަކޮށް އަޕްލޯޑް ކުރުން އަދި ކަށަވަރު ކުރުން"

ޑރ. އަފްޒަލް ވަނި ޕޯޓަލް އަށް ހުށަހަޅަންޖެހޭ ލިޔެކިޔުން އަޕްލޯޑްވިތޯ ޔަގީން ކުރުމަށާއި ފުރަބަންދު ކަރަންޓީނަށް ދިޔުމަށް އެދޭ ތާރީހު ބަދަލުވެއްޖެނަމަ އެކަންވެސް އެނގުމަށް އެދިފަ އެވެ.

އިތުރަށް ފާހަގަކުރެއްވީ، ކޮވިޑް19ޖެހި ރަނގަޅުވެފައި ތިބޭ މީހުންވެސް ރަށަށް ދިޔުމުގެ ކުރިން އެމީހަކަށް ބަލިޖެހި ރަނގަޅުވިތާ 90 ދުވަސް ހަމަނުވާ ކަމުގެ ލިޔުންވެސް އަޕްލޯޑް ކުރަންޖެހޭނެ ކަމެވެ.

ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު ކުރުމަށްފަހު މާލެ ސިޓީން އަތޮޅުތެރެއަށްދާ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހެ އެވެ. މި ދުވަސްވަރަކީ ސްކޫލްތަކާއި ކޮލެޖުތަކުގެ އަހަރީ ޗުއްޓީ ދުވަސްވަރު ކަމުން ގިނަ އަދަދެއްގެ ބައެއް ދަނީ ރަށްރަށަށް ދަތުރު ކުރަމުންނެވެ. އެޗްޕީއޭގެ ކަރަންޓީނު އުސޫލުތަކާ ގުޅިގެން އެ އޮތޯރިޓީ އަށް ވަނީ ފާޑުކިޔުންވެސް އަމާޒުވެފަ އެވެ.