ހަބަރު

ރިސޯޓްތަކުގެ މިސްކިތް ތަކަށް އިމާމުން ތަމްރީން ކުރަނީ

Dec 2, 2020
އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ: ރިސޯޓުތަކުގެ މިސްކިތް ތަކަށް އިމާމުން ތަމްރީން ކުރަން ވަނީ ފަށާފަ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގެ ހުރިހާ ރިސޯޓެއްގެ މިސްކިތްތަކަށް އިމާމުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމްއަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ އިމާމުންނަކީ ހުކުރު ނަމާދާއި އީދު ނަމާދު ފަދަ ނަމާދުތައް ކުރެވޭ ފެންވަރަށް ތަމްރީން ވެފައި ތިބި ބަޔަކަށް ހެދުން ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ކޮންމެ ރިސޯޓަށް ދެ މީހުން ތަމްރީން ކުރާނެ އެވެ. މި ޕްރޮގްރާމުގެ ކޮންމެ ބެޗަކަށް ވެސް ނަގާނީ 20 މީހުންނެވެ. މި ޕްރޮގްރާމު ކުރިއަށް ދަނީ ޒޫމް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ކިޔައިވައި ދިނުމުގެ ބައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި 164 މީހުން ބައިވެރިވެފައިވެ އެވެ.

ފަސް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ތިން ހަފުތާ އަށް ކިޔަވައި ދޭނެ އެވެ. އަދި ޓެސްޓް އަށް ތައްޔާރު ވުމަށް އެއް ހަފުތާ ދިނުމަށްފަހު އިމްތިހާނެއް ވެސް ދޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345