އަލިފާން

މަނަފަރު ރިސޯޓްގައި ބޮޑު އަލިފާނުގެ ހާދިސާއެއް

0%
0%
0%

ހއ. އަތޮޅުގައި ހިންގަމުންދާ މަނަފަރު ރިސޯޓްގަައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އަލިފާންގެ ހާދިސާ ހިނގީ އެ ރަށު އިންޖީނުގޭގައެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާނުގެ އެ ހާދިސާގެ ރިޕޯޓް ލިބުނީ ފަތިހު ހަތަރެއް ޖަހާ އެހާކަންހާއިރު ކަމަށެވެ.

ކުޅުދުއްފުށީގައި ތިބި ފަޔާމަނުން އެރަށައް ގޮސް އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ ހައެއްވެސް ޖެހިފަހުންނެވެ. ދެ ގަޑިއިރުގެ ވަރުގަދަ އެދުމާއެކު އިންޖީނުގެ ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ލިބުނު ގެއްލުން މިހާރު ސިފައިން ދަނީ ބަލަމުންނެވެ.

އެ ރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ވަނީ ކަރަންޓްވެސް ކެނޑިފައެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910