އަލިފާން

ކޮއްޓެފަރު ރިސޯޓުގެ ބާގައި ރޯވެ އަނދާ ހުލިވެއްޖެ

Sep 23, 2022

ރ. އަތޮޅު ކޮއްޓެފަރު ރިސޯޓުގެ ބާގައި އަލިފާން ރޯވެ އެ އިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:00 ހާއިރު އެވެ.

ނައިފަރުގައި ތިބޭ ސިފައިންނަށް ކޮއްޓެފަރަށް ދެވުނީ 2:46 ހާއިރު އެވެ. އޭރު ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން ވަނީ އަލިފާންގަނޑުގެ 90 ޕަސަންޓް ނިއްވާލާފަ އެވެ.

އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:00 ޖެހިއިރު އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ.