ހަބަރު

މަނަފަރު އަލިފާނާއެކު ޓޫރިޒަމް މައި ސީޒަންގައި ރިސޯޓު ބަންދު

Dec 15, 2020

މަނަފަރު ރިސޯޓުގެ އިންޖީނު ގޭގައި ހިންގި އަލިފާނުގެ ހާދިސާއާއެކު އެ ރިސޯޓު ހުއްޓި، ގެސްޓުން ގެންނަން ބުކިން ނެގުން ވެސް ހުއްޓާލައިފި އެވެ.

ހއ. އަތޮޅުގައި ހިންގަމުންދާ މަނަފަރު ރިސޯޓްގަައި އަލިފާނުގެ ހާދިސާއެއް ހިންގާފައިވަނީ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އެ ހާދިސާ ހިންގަން މެދުވެރިވީ އެ ރަށު އިންޖީނުގޭގައި ރޯވެެގެން ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. ނަމަވެސް ހާދިސާ ހިންގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

މަނަފަރު ރިސޯޓު ހިންގާ ޖޭއޭ ގްރޫޕުގެ ވައިސް ޕްރެޒިޑެންޓް ކޮމާޝަލް، ތޯމަސް ކްރުންޑާ ސޮއިކުރައްވައި ޓުއާ އޮޕަރޭޓަރުންނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުން ރިސޯޓުގެ އިންޖީނު ގޭގައި ހިންގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި އެ ރިސޯޓުން ފެނާއި އިންޓަނެޓު އަދި އެހެން ބައެއް ހިދުމަތްތައް ވެސް ލިބުން އެއްކޮށް ކެނޑިފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ އެ ރިސޯޓަށް މި މަހު ނަގާފައިވާ ހުރިހާ ބުކިންތަކެއް ކެންސަލް ކޮށްލާފައިވާ ކަމަށެވެ. އަދި އެކަމަށް ވައިސް ޕްރެޒިޑެންޓް ތޯމަސް ވަނީ ޓޫރިސްޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ކިބައިން މައާފަށް ވެސް އެދިފައިވެ އެވެ.

މަނަފަރު ރިސޯޓުގައި ހިންގި އަލިފާނުގެ ހާދިސާ ހިންގުމާއެކު އަލިފާން ނިއްވާލީ ކުޅުދުއްފުށީގައި ތިބި ފަޔާމަނުން އެ ރަށަށް ގޮގެވެ. މި އަލިފާންގަނޑު ދެ ގަޑިއިރުގެ ވަރުގަދަ އެދުމާއެކު އިންޖީނުގެ ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ.

ރިސޯޓުތަކުގައި އަލިފާނުގެ ހާދިސާތައް ހިންގުމަކީ އެހާ އާއްމު ކަމެއްގައި ނުވިނަމަވެސް ދޭތެރެއިން މިފަދަ ނުރައްކާތެރި ބޮޑެތި ހާދިސާތައް ހިންގަ އެވެ. އެންމެ ފަހުން މިފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ގިލިލަންކަން ފުށީފަ އެވެ. އެ ރިސޯޓުގެ ކޮޓަރިއެއްގައި ރޯވެ ހިނގި މި ހާދިސާގައި ރިސޯޓުގެ ގިނަ ކޮޓަރިތަކަށް ގެއްލިވި އެވެ. ނަމަވެސް މިދިޔަ އަހަރު އެ ރިސޯޓު ވަނީ އަލުން ހުޅުވާފަ އެވެ.

ޖޭއޭ މަނަފަރު ރިސޯޓަކީ ދުބާއީގެ ޖޭއޭ ރިސޯޓްސް އެންޑް ހޮޓެލްސް އިން ހިންގާ ރިސޯޓެކެވެ.