މާލެ ޖަލާއި ހުޅުމާލެ ޖަލު އެއްކޮށްލައި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކަށް ފެތޭ ގޮތަށް ޖަލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަން ތައްޔާރުވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
ފުޅު މިހެން ވިދާޅުވީ ހުޅުމާލެ ޖަލަށް އަށް އަހަރު ފުރުން ފާހަގަކުރަން ރޭ އެ ޖަލުގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފުޅު ވިދާޅުވީ އަލަށް ހަދާ ޖަލު ވެގެންދާނީ ރާއްޖޭގައި ހަދާ ސަރަހައްދީ އެންމެ ބޮޑު ޖަލަށް ކަމަށާއި ރިމާންޑް މީހުންނަށާއި އަންހެން ގައިދީންނާއި ކުޑަކުދިންގެ އިތުރުން ޑިޓެއިނީސްއަށް ހާއްސަ ޖަލަކަށް އެ ޖަލު ވެގެންދާނެ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ ޖަލު އޮފިސަރުންގެ ގިނަ ވަގުތު ހޭދަވެ މަސައްކަތް ދެގުނަވާ ކަމެއް ކަމަށާއި މާލެ ސަރަހައްދުގައި ގިނަ ކޯޓުތައް ގާއިމުވެފައި ހުރުމުން ހުޅުމާލެ ޖަލާއި މާލެ ޖަލު އެއްކޮށް ހުރިހާ ރިމާންޑް މީހުން އެ ޖަލަށް ބަދަލު ކުރެވި މިހާރު އޮތް އުނދަގޫތަކަށް ހައްލު ލިބޭނެ ކަމަށެވެ. އަދި އެ ޖަލުގައި އޮފިސަރުންނަށް އެކޮމަޑޭޝަން ބްލޮކްއެއް ގާއިމް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރޭ ބޭއްވި ހަފުލާގައި ގަޑިއަށާއި ހާޒިރީއަށް ފަރުވާތެރިވި އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނެވެ. އަދު ވީޑިއޯ ލަވައެއް ހުށަހެޅުމުގެ އިތުރުން ކޭކެއް ވެސް ފެޅި އެވެ.