ޑރ. މުހައްމަދު މުއިއްޒު

ގެދޮރުވެރިކަމާބެހޭ ޔޫނިއަންތަކާ ރައީސް ބައްދަލުކުރައްވަނީ

ހުޅުމާލެއިން ގޯތި ދޫކުރާ ސަރަހައްދު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ -- ފޮޓޯ: ރައީށް އޮފީސް
0%
0%
0%

ގެދޮރުވެރިކަމާބެހޭ ޔޫނިއަންތަކުގެ އިތުރުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ބައްދަލުވުންތަކުގެ ކުރިން ރައީސް އޮފީހުން ވަނީ ރައީސް މުއިއްޒުގެ ބަސްދީގަތުމެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ބައްދަލުވުންތަކަކީ އެމަނިކުފާނު ވަރަށް ބޭނުންފުޅުވެގެން ބާއްވާ ދެ ބައްދަލުވުމެވެ.

ރައީސް މިއަދު ބައްދަލުކުރައްވާ ގެދޮރުވެރިކަމާބެހޭ ޔޫނިއަންތައް

  • ފަހި ޔޫނިއަން
  • ގިރާވަރު މާލޭ ސިޓިޒަންސް އެސޯސިއޭޝަން
  • ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން
  • ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ
  • މާލެ ރައްވެހިންގެ ޖަމިއްޔާ

މި ބައްދަލުވުމުގައި ގެދޮރުވެރިކަމާބެހޭ ޔޫނިއަންގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ހުރި އިހުސާސްތަކާއި ކަންބޮޑުވުންތައް އަދިވެސް ހިއްސާކުރަން ބޭނުންވާ ވާހަކަ ހިއްސާކުރުމަށް އަޅުގަނޑު މި ބައްދަލުވުމުގައި ފުރުސަތު ދޭނަން،" ރައީސް ވިދާޅުވި އެވެ.

މި ޔޫނިއަންތަކަކީ ވަރަށް ގިނަ ރައްޔިތުން ތަމްސީލުކުރާ ޖަމިއްޔާތަކެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މި ބައްދަލުވުމުން ވަރަށް ގިނަ ކަންކަން އެނގިގެންދާނެ ކަމަށެވެ.

އެ ގޮތުން ގެދޮރުވެރިކަމުގެ ދާއިރާއިން ސަރުކާރުން މިހާރު ހިންގާ މަޝްރޫއުތަކާއި ކުރިއަށްހުރި މަޝްރޫއުތަކަށް ހިޔާލާއި މަޝްވަރާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުންގެ ބައްދަލުވުމާއި ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތްކުރާ މަސްވެރިންގެ އަޑުއަހައިގެން ކުރިއަށް ދިޔުން ކަމަށެވެ.

"ސަރުކާރުގެ އަމާޒަކަށް ވާނީ ސަރުކާރުގެ ސިޔާސަތަކީވެސް ކޮންމެ އިންޑަސްޓްރީއެއްގައިވެސް އެ އިންޑަސްޓްރީއެއްގައި މަސައްކަތްކުރާ ބޭފުޅުންގެ އަޑު އަހައިގެން ކަންތައްތައް ބައްޓަންކުރުން،" ރައީސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910