ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނެގެޓިވް ނަތީޖާއާއެކު ދިވެހިންނަށް ރިސޯޓުތަކަށް ދެވޭ ގޮތް ހަދައިފި

Dec 16, 2020
1

ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނަށް ކޮވިޑް-19 އިގެ ނެގެޓިވް ނަތީޖާއާއެކު ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން ދެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލު ބަދަލުކޮށްފި އެވެ.

ކޮވިޑާ ގުޅިގެން ބޯޑަރާއެކު ގިނަ ރިސޯޓްތައް ބަންދުކުރުމަށްފަހު، އަލުން ހުޅުވިއިރު ދިވެހިންނާއި ވޯކް ވިސާގައި މަސައްކަތް ކުރާ ބިދޭސީންނަށް ރިސޯޓްތަކަށް ދިޔުން އޮތީ މަނާކޮށްފަ އެވެ.

ނަމަވެސް، އެޗްޕީއޭއިން މިއަދު އާއްމުކުރި އާ އުސޫލުގައި، ބުނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީއަށްދާ ފަރާތްތަކުން ދަތުރު ފަށާއިރު 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އާއެކު ދަތުރުކުރެވޭނެކަމަށް ބުނެފައިވެ އެވެ.

އަދި އެގޮތަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރަތްތަކުގެ ހުރުމާއި ކެއުން ހަމަޖެހިފައި ހުންނަންވާނީ، އެ ރިސޯޓުތަކުގެ މުވައްޒަފުންނާ ވަކިން ކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައިވެ އެވެ.

މީގެ އިތުރުން، އެގޮތަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރަތްތަކުން މާލެ ސަރަހައްދު ނޫން އެހެން ރަށަކަށް ދަތުރުކުރާނަމަ، ކަނޑައެޅިފައިވާ 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭނެކަމަށް ވެސް ބުނެފައިވެ އެވެ.