ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

އަނަންތަރާ ކިހަވައް ވަގުތީ ގޮތުން ބަންދު

ބ. އަނަންތަރާ ކިހަވަށް ރިސޯޓުގައި ކޮވިޑްގެ ކޭސްތައް ގިނަވެގެން އެ ރިސޯޓު ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ.


ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނުނީ ކޮވިޑް ބަލީގެ އަލާމަތް ހުރެގެން ގިނަ ބަޔަކު ޓެސްޓް ކުރުމުންނެވެ. ފުރަތަމަ ނެގި ސާމްޕަލްތަކުން 14 ސާމްޕަލެއް ޕޮޒިޓިވްވި އެވެ. އަދި އެ ފަހުން ނެގި ސާމްޕަލްތަކުން 13 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ކްލަސްޓާ ބޮޑުވެ މިހާތަނަށް 75 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ފުރާ ޓުއަރިސްޓުން ނޫނީ އެ ރިސޯޓުން އިތުރު އެއްވެސް މީހަކު ނުފޭބުމަށް އެޗްޕީއޭ އިން ވަނީ އެ ރިސޯޓަށް އަންގާފަ އެވެ.

ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވަނީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުންނެވެ. އެ ރިސޯޓްގައި 93 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. މީގެ އިތުރުން އެނބޫދޫފަޅު ރިސޯޓުން މިހާތަނަށް ނުވަ މީހަކު ޕޮޒިޓިވް ވެފައި ވެއެވެ.