ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

97 ޕަސެންޓް ރިސޯޓް މުވައްޒަފުން ވެކްސިން ޖަހައިފި

ރިސޯޓްތަކުގައި މަސައްކަތް ކުރާ 97 ޕަސެންޓް މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ރިސޯޓް މުވައްފަޒުންގެ ވެކްސިނޭޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 46455 މުވައްޒަފުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފަ އެވެ. އެއީ 99 ޕަސެންޓް މީހުންނެވެ.

ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 45540 މީހުންނެވެ. އެއީ ރިސޯޓް މުވައްޒަފުންގެ 97.1 ޕަސެންޓު މީހުނެވެ. ބޫސްޓާ ޑޯޒް 14055 މުވައްޒަފަކު ފުރިހަމަ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 397،851 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 370،311 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

މިހާތަނަށް ބޫސްޓާ ޖަހާފައި ވަނީ 98،014 މީހުންނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.