އެމްޑީޕީ

އެމްޑީޕީއަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަނީ

Dec 16, 2020

އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއޭޓަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަން އެ ޕާޓީން އިއުލާން ކޮށްފި އެވެ.

އެމްޑީޕީގެ އެ މަގާމަށް އެ ޕާޓީން ހޯދަނީ މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއި ޔުނިވާސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވުމާއެކު އެމްޑީޕީގެ މެންބަރެއް ކަމުގައި ވުމެވެ. އެ މަގާމަށް މުސާރައެއް ކަނޑައަޅާނީ ދެ ފަރާތް އެއްބަސްވާ ގޮތަކަށެވެ.

އެމްޑީޕީގެ އެ މަގާމަށް ޝައުގުވެރިވާ މީހުން މި މަހުގެ 23 އާ ހަމައަށް އެ ޕާޓީގެ އޮފީހަށް ހުށަހެޅޭނެ އެވެ.