ދުނިޔެ

ޕީއެލްއޯ އެގްޒެކެޓިވް ކޮމިޓީ މެންބަރު، ހަނާން އަޝްރާވީ އިސްތިއުފާދެއްވައިފި

ހަނާން އަޝްރާވީ އަކީ ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އެގްޒެކެޓިވް ކޮމެޓީ މެންބަރެކެވެ. ޕީއެލްއޯ އޮފިޝަލަކު ތުރުކީގެ އަނަދޮލު އޭޖެންސީ އަށް ބުނި ގޮތުގައި، ހަނާން އަޝްރާވީ އިސްތިއުފާދެއްވީ، އިޒްރޭލަށް އެއްބާރުލުން ދޭން ފަލަސްތީން އޮތޯރިޓީން ނިންމުމާ ގުޅިގެންނެވެ.

ފަލަސްތީނުން ވަކާލާތުކުރަނީ މިނިވަން ދައުލަތަކަށެވެ.

އަނަދޮލު އޭންސީ ރިޕޯޓްކުރާ ގޮތުގައި، ހަނާންގެ އިސްތިއުފާ މިހާރު ވަނީ ފަލަސްތީން އޮތޯރިޓީގެ ރައީސް، މަހްމޫދު އައްބާސްއަށް އަރުވާފަ އެވެ. ހަނާންގެ އިސްތިއުފާ އައްބާސް ގަބޫލުކުރައްވާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ހަނާން އަޝްރާވީ އަކީ ފަލަސްތީން މިނިވަންކުރަން ކުރެވޭ މަސައްކަތްތަކުގައި ބާރުގަދަ އަޑެކެވެ. ނުފޫޒުގަދަ ކަނބަލެކެވެ. ޕީއެލްއޯގެ ޗެއާމަން، ޔާސިރު އަރަފާތުގެ ހަޔާތްޕުޅުގައި، ޕީއެލްއޯގެ އެކި މަގާމުތައް އަދާކުރައްވާފައިވެ އެވެ.

އަޝްރާވީ، 74، އަކީ ފަލަސްޓީން ލިބަރޭޝަން އޮގަނައިޒޭޝަން އެގްޒެކެޓިވް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ކަނބަލެވެ. އޭނާ އެގްޒެކެޓިވް ކޮމެޓިއަށް އައްޔަންކުރެވުނީ 2009 ގަ އެވެ. އަޝްރާވީ ވަނީ ފަލަސްތީނަށް މިނިވަން ބިމެއް ހޯއްދަވައިދެއްވުމަށް ކޮންފަރެންސްތަކުގައި ވަކާލާތުކުރައްވައި އިޒްރޭލާ އެކު މަޝްވަރާކުރައްވާފަ އެވެ.

ފަލަސްތީން އޮތޯރިޓީން މަސްރަހު ބަލަހައްޓަމުން ދާ ގޮތާ ކަމުނުދާ ކަމަށް އަޝްރާވީ ވިދާޅުވި ކަމަށް ހަބަރުތަކުން އެނގެ އެވެ. އިޒްރޭލާ މަޝްވަރާކުރުމަށް އައްބާސް ގެންގުޅުއްވާ ބައެއް ސިޔާސަތު އިސްލާހުކޮށްދެއްވުމަށް ދަންނާފައިވާ ކަމަށް ވެސް ވެ އެވެ. އެހެން ނަމަވެސް ވާހަކަތައް ދާ ގޮތާ މެދު އަޝްރާވީ ކަންބޮޑުވެވަޑާއިގަންނަވާ ކަމަށް ވެ އެވެ.

އަޝްރާވީ ވަނީ އަމިއްލަ ހާލަތަށްޓަކައި ކަމަށް ވިދާޅުވެ އިސްތިއުފާއާ ބެހޭ ގޮތުން މީގެ ކުރިން ވެސް އައްބާސްއަށް ދަންނަވާފައި ކަމަށް ބުނާއިރު، އޭނާ އަށް ވަނީ މިދިއަ އޮކްޓޯބަރު ގައި ކޮވިޑް ޖެހިފައި އެވެ.

ހަނާން އަޝްރާވީ: ޕީއެލްއޯއިން އިސްތިއުފާދެއްވި ސަބަބު ސާފުކޮށްދެއްވަނީ