ދުނިޔެ

އިޒްރޭލުން ހުޅަނގު އައްސޭރިގައި ގެދޮރުއެޅުން ހުއްޓާލަން އިޔޫއިން ގޮވާލައިފި

ހުޅަނގު އައްސޭރީގައި ގެދޮރުއަޅައި އާބާދު ކުރުމަށް އިޒްރޭލުން ހިންގާ ހަރަކާތްތައް ހުއްޓާލަން ޔޫރަޕިއަން ޔޫނިއަނުން ގޮވާލައިފި އެވެ. އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގައި 800 ހައުސިން ޔުނިޓް އަޅަން ކުރަން ހުރި މަސައްކަތްތައް އަވަސްކުރަން ނިންމާފަ އެވެ.

އިޒްރޭލުން ހިފާފައިވާ ހުލަނގު އައްސޭރި އަކީ ފަލަސްތީންގެ ބިމެކެވެ. އެހެން ނަމަވެސް އިޒްރޭލުން ހުޅަނގު އައްސޭރީގައި އަމަލު ކުރަނީ އެމީހުންގެ އަމިއްލަ ބިމެއް ފަދައިންނެވެ. އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުންނާއި ޖަމާއަތްތަކުން ގަބޫލުކުރާ ގޮތުގައި ހުޅަނގު އައްސޭރި، ވެސްޓް ބޭންކުން ބައެއް ނަމަވެސް އިޒްރޭޒަށް ހައްގެވެ.

ޔޫރަޕިއަން ޔޫނިއަނުން ބަޔާނެއް މެދުވެރިކޮށް ބުނެފައި ވަނި އިޒްރޭލާއި ފަލަސްތީން ގުޅިގެން ހުޅަނގު އައްސޭރިއަށް ހައްލެއް ހޯދުމުގެ ކުރިން އެ ސަރަހައްދުގައި އިޒްރޭލުން ގެދޮރު އެޅުމަކީ ދުނިޔެ ގަބޫލު ކުރާ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ގާނޫނާ ވެސް ޚިލާފު ކަމެއް ކަމަށެވެ.

އީޔޫއިން ބުނީ ހުޅަނގު އައްސޭރީގެ ބަދަލުގައި އިޒްރޭލުގެ ބާރު ހިނގާ ހިސާބެއްގައި އާބާދު ކުރުން ބުއްދިވެރިކަމަަށެެވެ. އިޒްރޭލުން ހުޅަނގު ސަހަރާއަށް ވެރިވެގަތުމަކީ އަރަބި ގައުމުތަކުން މިހާރު އިޒްރޭލަށް ލިބޭ އެއްބާރުލުމާއި ގާތްގުޅުމަށް ވެސް ނުބައި އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ބައިނަލްއަގްވާމީ ޖަމާއަތްތަކުން އިޒްރޭލަން ކިތަންމެ ނަސޭހަތެއް ދިން ނަމަވެސް އަމަލު ކުރާތީ ފެންނަނީ އެނޫންހައި ގޮތަކަށެވެ. އިޒްރޭލްގެ ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫ ވިދާޅުވީ 800 ހައުސިން ޔުނިޓް ބިނާ ކުރަން އަމުރު ކުރައްވާފައިވާ ކަމަށެވެ.