ހަބަރު

އެމްޓީސީސީން ތ. އަތޮޅާއި ލ. އަށް ފެރީ ފަށައިފި

Oct 22, 2015

ތ. އަތޮޅާއި ލ. އަތޮޅަށް އެމްޓީސީސީ އިން ފެރީގެ ހިދުމަތް ފަށައިފި އެވެ.

އެ ދެ އަތޮޅުގައި ހުކުރުފިޔަވައި ކޮންމެ ދުވަހަކު އެއް ފެރީ ބޭނުންކޮށްގެން ފެރީގެ ހިދުމަތް ދޭނެ ކަމަށާއި ފެރީ އިތުރުކޮށް ހިދުމަތް ފުޅާ ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފެރީގެ ހިދުމަތުގައި މި ދެ އަތޮޅުގައި ނަގާނީ ފަސިންޖަރުންގެ އަތުން ކޮޅަކަށް 22ރ. އެވެ.

އެމްޓީސީސީން މިހާތަނަށް ފެރީގެ ހިދުމަތް ދެމުން އައީ މާލެ އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅުގަ އެވެ.