ދުނިޔެ

އައިއެސް އިން މަރަން އުޅުނު 70 ރަހީނުން ސަލާމަތް ކޮށްފި

ބަގްދާދް (ބީބީސީ) - އިރާގާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައިއެސް އިން މަރަން ތައްޔާރުކޮށްފައި ތިބި ހަތްދިހަ ރަހީނުން މިއަދު ސަލާމަތް ކޮށްފިއެވެ.

ޕެންޓަގަނުން ބުނީ މި ރޭޑުގައި އައިއެސްގެ ފަސް ހަނގުރާމަވެރިޔަކު ހައްޔަރުކޮށް އެތައް ހަނގުރާމަވެރިންނެއް މަރާލާފައި ވާނެކަމަށެވެ. އެމެރިކާއާއި އެގައުމާއި އެކުވެރިން މި އޮޕަރޭޝަނުގައި ބައިވެރިވީ އައިއެސް އިން މާސް އެގްޒެކިއުޝަނެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބި ކުރުދީންގެ ސަރަހައްދީ ސަރުކާރުގެ ދައުވަތަކަށް ކަމަށް ޕެންޓަގަން ބުނެއެވެ
.
މި އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ ކުރުދީންގެ ޕްރޮވިންސެއްގައި އައިއެސްއިން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްގެން އުޅުނު ޖަލަކަށެވެ.
ސަލާމަތް ކުރެވުނު ރަހީނުންގެ ތެރޭގައި އިރާގު ސިފައިންގެ ވިހި މީހަކު ހިމެނެއެވެ. ކުރުދިސްތާނުގެ ސަރަހައްދީ ސަލާމަތާ ބެހޭ ކައުންސިލުން ބުނީ ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ކުރުދީއަކު ނުހިމެނޭ ކަމަށެވެ.

މި އޮޕަރޭޝަންގައި އެމެރިކާ ސިފައިންގެ މީހަކު ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް މަރުވިއެވެ. މިއީ މިދިޔަ އަހަރު އެމެރިކާ އިސަވެ އޮވެ އުފެއްދި ކޯލިޝަނުން އައިއެސް އަށް ހަމަލާދޭން ފެށި ފަހުން އައިއެސްއާއި ދެކޮޅަށް ހިންގި އަސްކަރީ ހަރަކާތެއްގެ ތެރޭގައި މަރުވި އެމެރިކާ ސިފައިންގެ ފުރަތަމަ މީހާ އެވެ.