އެމެރިކާ

އައިއެސްއަށް ނުރައްކާ ކުރިމަތި ކުރުން އެމެރިކާއިން މައްޗަށް ޖައްސައިފި

ހައްދުފަހަނައަޅަފައިވާ އައިއެސް ޖަމާއަތަށް އަދި އެފަދަ އެހެން ޖަމާއަތްތަކުން ފަތުރަމުންދާ ޕްރޮޕަގެންޑާތައް ހުއްޓުވަން އެމެރިކާއިން އޮންލައިންކޮށް ކުރާ މަސައްކަތުގައި އެއް ހަރުފަތް މައްޗަށް ޖައްސައިފި އެވެ.

އެޕަލް އާއި ގޫގުލް އާއި ފޭސްބުކް އަދި މައިކްރޯސޮފްޓާއި ޓްވިޓާއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ވައިޓް ހައުސް އިން ކުރި އިއުލާނެއްގައި ބުނީ އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކުން ފަތުރާ ޕްރޮޕަގެންޑާތައް ހުއްޓުވަން އެމެރިކާއިން އެއް ހަރުފަތް ކުރިއަށް އަރައި ހާއްސަ ޓާސްކް ފޯސް އެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އެޕަލް، ގޫގުލް، ފޭސްބުކް، މައިކްރޯސޮފްޓް އަދި ޓްވިޓާއާއި ގުޅިގެން އެކަން ކުރާނެ ގޮތްތަކެއް މިހާރު ކަނޑައަޅައި ނިމިފައިވާ ކަމަށެވެ.

މި މަސައްކަތުގެ މަގްސަދަކީ އޮންލައިންކޮށް ހިންގާ ޖަރީމާތައް ހުއްޓުވާ މިފަދަ ޖަމާއަތްތަކުގެ ބާރު ދެރަ ކުރުމުވެ.

އައިއެސް ޖަމާއަތުން އެކަނިވެސް އަންނަނީ ދުނިޔޭގެ އެކި ގައުމުތަކަށް ހަމަލާދެމުންނެވެ. މި ޖަމާއަތުން އެމީހުންގެ ޕްރޮޕެގެންޑާ "ގަދަކަމުން ފަތުރަމުން" އަންނަ އިރު އޮންލައިންކޮށްވެސް އެތައް މަސައްކަތްތަކެއްދަނީ ކުރަމުންނެވެ.