އެޑްވަޓޯރިއަލް

މަސްވެރިކަމުގެ ސިނާއަތުގައި މިފްކޯ ވެސް މުހިންމު

Dec 26, 2020

ރާއްޖޭގެ މަސްވެރިކަން ކުރިއެރީ ސަރުކާރުން ވެސް މަސްވެރިކަން ކުރިއެރުވުމަށް ކުރި މަސައްކަތާއި ހޭދައިގެ ސަބަބުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި މަސް ގަންނާނެ އިންތިޒާމް ހަމަޖައްސާ ފެލިވަރު ކާރުހާނާ ދިވެހިންގެ އަތްމައްޗަށް ގެނެސް އެތަނުގެ މަސައްކަތް ކުރުން ހިމެނެ އެވެ. ސަރުކާރުން މަސްދޯނި ބަންދެ މަސްވެރިންނަށް ދޫކޮށް މަސްވެރި އާއިލާތައް ރާއްޖޭގެ އެކިއެކި ރަށްރަށުގައި އުފައްދަވާފައިވެ އެވެ. މިގޮތުން 230 ދޯނި ބަނދެ އޮޑިވެރިންނަށް ފަހުން ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް ދޫކޮށްފައިވެ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މިފްކޯ އުފެއްދެވުމާއި ހަމަ އަށް ވެސް ސަރުކާރުން ގެންދެވީ އެކިއެކި ކުންފުނިތަކުގެ ބެލުމުގެ ދަށުން މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރަމުނެވެ.

މަސްވެރިކަނުގެ ސިނާއަތުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިންވުން ބޭއްވުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުން މަސްގަތުމަށްޓަކައި ހާއްސަ ހުއްދައެއްގެ ދަށުން ކަޅު ބިލަ މަސްގަތުމުގެ ފުރުސަތު 2006 ވަނަ ހުޅުވާލާ އަމިއްލަ ކުންފުނިން ތަކުން މަސްގަތުމަށްޓަކައި އިންވެސްޓް ކޮށްފައިވެ އެވެ. އަދި ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމަށްޓަކައި 2020 ވަނަ އަހަރާއި ހަމައަށް ކަޅުބިލަމަސް ގަނެ އެކްސްޕޯޓް ކުރުމުގެ ހުއްދަ އާއްމުކޮށް ހުޅުވާލާފައެއް ނުވެ އެވެ.

ނަމަވެސް މިހާރު މިވަނީ ކަޅުބިލަމަސް ގަނެ އެކްސްޕޯޓް ކުރުން އާއްމުކޮށް ހުޅުވާލާފަ އެވެ. މީގެ އިތުރުން މަސްވެރިންގެ އަތުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓް ކުރުން އަބަދު ވެސް އޮތީ އަމިއްލަ ފަރާތްތަކަށް ހުޅުވާލާފަ އެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ބޮޑު ކަންނެލިގަނެ އެކްސްޕޯޓް ކުރާ އަމިއްލަ އެތައް ކުންފުންޏެއް ރާއްޖޭގައި ހިންގަމުން އެބަގެންދެ އެވެ.

މިފްކޯގެ މިހާރުގެ ހާލަތު

މިފްކޯގެ ވަސީލަތްތަކަށް ބަލާއިރު ވޭތުވެދިޔަ ދުވަސްތަކުގައި މިފްކޯގެ ކަލެކްޓާ ވެސަލްތައް ޝެޑިއުލް އެއްގޮތަށް ވަނީ ޑޮކް ކޮށްފަ އެވެ. އަދި މިހާރު ވެސް ޑޮކިން ޝެޑިއުލް އާއި އެއްގޮތަށް ޑޮކްތަކުން ޖާގަ ލިބޭ ވަރަކުން ގެންދަނީ ޑޮކް ކުރަމުންނެވެ. ވޭތުވެދިޔަ ދެ އަހަރުތެރޭ ކުރިން ބޭނުން ނުކޮށް ދޫކޮށްލާފައިވާ ކަލެކްޓާ ދެ ވެސަލް އަލުން އޮޕަރޭޝަނަށް ގެނެސް މިހާރު މިގެންދަނީ ބޭނުން ކުރަމުންނެވެ. އިތުރު ކަލެކްޓާ ވެސަލްއެއް އޮޕަރޭޝަނަށް ގެނައުމަށްޓަކައި މިހާރު ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މަދަވެސަލްތަކުގެ ތެރެއިން ކަލަމިންޖާ 402 އަދި 403 ވަނީ ޑޮކް ކޮށްފަ އެވެ. ކަލަމިންޖާ 401 އާއި މިފްކޯ 101 ޑޮކް ކުރުމަށް ބޭނުންވާ ޕްލޭން ހަދައި 2021 ގައި ޑޮކް ކުރާނެ އެވެ. މި ދެ ބޯޓްގެ ތެރެއިން މިފްކޯ 101 ޑޮކް ނުކުރާތާ 17 އަހަރު ވެފައި ވެއެވެ.

މިފްކޯގެ މަސް ގަންނަ ފެސިލިޓީތަކަށް ބަލާއިރު ފެލިވަރަކީ މަސް ގަނެ ފިނިކޮށް ރައްކާ ކުރުމަށް ތައްޔާރު ކޮށްފައި ތަނެއް ނޫނެވެ. އެއީ މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓްކުރާ ތަނަކަށްވާއިރު ރައްކާ ކުރެވެނީ 700 ޓަނުގެ މަހެވެ.

ދެހާސް ދިހަވަނަ އަހަރު ފެލިވަރުގެ ޕްރޮސެސިން ކެޕޭސިޓީ 15 ޓަނަށް ދަށް ކުރުމަށް ފަހު 2016 ވަނަ އަހަރު އަލުން ބައެއް ވަސީލަތްތައް ތައްރައްގީކޮށް ދަޅުގައި މަސް ބަންދު ކުރުމުގެ އިތުރުން ޕައުޗްގައި ބަންދު ކުރަން ފެށި ނަމަވެސް އެކި ސަބަބުތަކާ ހެދި މިހާރު ވެސް ފެލިވަރުގައި ޕްރޮސެސް ކުރެވެނީ ދުވާލަކަށް 35 ޓަނުގެ މަހެވެ. މި ސަބަބާ ހުރެ ވޭތުވެދިޔަ ތާނގައި ފެލިވަރަށް އެންމެ ގިނައިން މަސް ކިރުވާފައި ވަނީ އަހަރެއްގެ މަށްޗަށް 4000 ޓަނެވެ. ނަމަވެސް އުތުރުގެ މަސްވެރިކަން ވޭތުވެދިޔެ 2019 ވަނަ ރަނގަޅުވުމާއި ގުޅިގެން މަސްވެރިންގެ އަތުން މަސްގަތުމަށް ކުރެވުނު މަސައްކަތުން 2019 ވަނަ އަހަރު ރައްޖޭގެ އުތުރުން 9000 ޓަނަށްވުރެ އިތުރަށް މަސްގަނެފައިވެ އެވެ. އަދި މި ހިނގާ 2020 ވަނަ އަހަރު ވެސް އެ އަދަދާއި އެއް ވަރަށް ރައްޖޭގެ އުތުރުން މަސް ގަނެވޭނެ ކަމަށް ލަފާކުރެވެ އެވެ.

މިފްކޯގެ ވަސީލަތްތަކުގެ ތެރެއިން ކޫއްޑޫއަކީ 2000 ޓަނުގެ ކޯލްޑް ސްޓޯރަކާއި 285 ޓަނުގެ މަސް ބްރައިން ފްރީޒް ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ފެސިލިޓީ އެކެވެ. އެތަން ގާއިމްކޮށްފައި ވަނީ 1996 ވަނަ އަހަރު އެވެ. ރާއްޖޭގެ ދެކުނަކީ އަބަދު ވެސް ކަޅުބި ލަމަހުގެ މަސްވެރިކަން ރަނގަޅު ސަރަޙައްދަކަށް ވެފައި ދެކުނުގައި ދުއްވާ މަސްދޯނިތައް ބޮޑުވެ ތަރައްގީ ވެފައިވާ މިންވަރަށް ކޫއްޑޫގެ ވަސީލަތްތައް ތަރައްގީ ކުރެވިފައެއް ނުވެ އެވެ.

ނަތީޖާއެއްގެ ގޮތުން ރަނގަޅު މަސްވެރިކަމުގެ މޫސުމެއްގައި ހަފުތާއެއްގެތެރޭ ކޫއްޑޫގެ ކޯލްޑްސްޓޯރޭޖް ފުލްވެ އެކްސްޕޯޓް ކުރަން މަޖުބޫރުވެ އެވެ. އެހެންކަމުން އެވަގުތަކު ރާއްޖޭގެ ބޭރުގެ ބާޒާރުގައި މަސްގަންނަން ހުރި އަގަކަށް ނުވަތަ މަސް ގަންނަ ފަރާތްތަކުން ބުނާ އަގަކަށް މަސް ވިއްކާލަން އޮންނަނީ ޖެހިފަ އެވެ. މީގެ އިތުރުން ކޫއްޑޫގެ ބަނދަރަކީ މީގެ 25 އަހަރު ކުރިން ސެކަންޑް ފިޝަރީޒް ދޯނި ފަހަރަށް ބެލުމަށްފަހު ޑިޒައިން ކޮށްފައިވާ ބަނދަރެކެވެ. މިހާރުގެ ބޮޑެތި މަސް ދޯނިފަރަށް ރަނގަޅު މަސްވެރިކަމެއްގައި ހިދުމަތް ދިނުމަކީ ދަތި ކަމެކެވެ. މަސްކިރުމާއި އަދި މަސް އެކްސްޕޯޓް ކުރުމަށް ވެސް ގިނަ ދަތި ތަކެއް ކޫއްޑޫގައި ވެެއެވެ.

ދެހާސް ނުވަ ވަނަ އަހަރު ސަރުކާރުން ކޫއްޑޫ އިން މަސްގަންނަން ފެށުމުން ދެކުނުގެ މަސްވެރިކަމަށް އިންގިލާބީ ކުރިއެރުން ތަކެއް ލިބި އޭރު މަހަށްދިޔަ 45 ފޫޓްުގެ ދޯނިތަކުގެ ބަދަލުގައި މިހާރު މި ފެންނަ ފިފްތު ޖަނަރޭޝަން ގެ ބޮޑެތި ދޯނި ފަހަރު އުފައްދާ މަހަށް ދުއްވުމުގެ ތަނަވަސްކަން އޮޑިވެރިންނަށް ލިބިގެންދިޔަ އެވެ. މިއީ ސަރުކާރުން މަސްވެރިކަމަށް ކުރި އިންވެސްޓްމަންޓާއެކު މަސްވެރިންނަށް ލިބިގެންދިޔަ އިތުބާރުގެ ސަބަބުން މަސްވެރިކަމަށް އޮޑިވެރިންކުރި އިންވެސްޓްމަންޓެވެ.