މިފްކޯ

ކޫއްޑުއަށް މަސް ގަތުން ކޮންޓްރޯލް ކޮށްފި

Apr 25, 2021
1
މިފްކޯގެ ކޫއްޑޫ މަސް ފެކްޓްރީ: މަސް ގަންނަ އަގު ވަނީ ކޮންޓްރޯލް ކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

ދެކުނަށް މަސްވެރިކަން ރަނގަޅުވެ ކޫއްޑޫގެ ކެޕޭސިޓީ ފުރެމުންދާތީ، މަސް ގަތުން ކޮންޓްރޯލް ކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްލާއިލް ފައުޒީ އަވަސް އަށް މިއަދު ވިދާޅުވީ މަސް ގަންނަ އަގު ކޮންޓްރޯލް ކުރަން މަޖުބޫރުވީ އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ، އެކަން ދިގު ދެމިގެންދާތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ދުވަސްވަރު އާއްމުކޮށް ދޯންޏަކުން 25 ޓަނާއި 30 ގާތް ކުރާ އަދަދަކަށް މަސް ކިރުވަ އެވެ. އަދި ބައެއް ދޯނި ފަހަރު 40 ޓަނު ހިފައިގެން ކިރުވަން ދެއެވެ. އެހެންވެ މިފްކޯގެ އެކި ފެސިލިޓީތަކުގައި ހުރި ބޯޓުތައް ވެސް އޮޕަރޭޝަނަށް ވަނީ ނެރެފަ އެވެ.

"ބާނާ އަދަދު ވަރަށް ގިނަވެގެން ކޮންޓްރޯލް ކުރީ... ފްރީޒިން ކެޕޭސިޓީ އަށް ނުކަތާ ވަރަށް އައީމަ ވަގުތު ބޭނުން ވަނީ. އިއްޔެ ވެސް 65 ދޯނީގައި 500 ޓަނުގެ މަސް ގެނައި. ބޮޑެތި ގޮދާ ގެންނަނީ. އެހެންވީމަ ޓެމްޕްރޭޗާ ގެންނަން ޑިލޭ މި އަންނަނީ."

މިފްކޯއިން ބުނީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެފައިވާއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނި ފަހަރު އެއް ފަހަރާ ދެކުނަށް ގޮސް އެ ކުންފުނީގެ ސެންޓަރުތަކަށާއި ބޯޓު ފަހަރަށް މަސް ކިރަމުން ދާއިރު ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން އަންނަ ކަމަށެވެ. އަދި މަސް ކިރުވުމުގައި ދަތި ތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ބުނީ މި ވަގުތު ވެސް މަސް ކިރަން ކިޔޫގައި ގިނަ އަދަދެއްގެ ދޯނި ފަހަރު އެބަތިބި ކަމަށާ ކިޔޫގައިވާ ދޯނި ފަހަރުގެ މަސް ކިރައި ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދޯންޏަކުން ކިރާނީ ހަތަރު ޓަނުގެ މަސް ކަމަަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ާޢުމަރު

އެހެންވީމަ އަދި މި ސަރުކާރު ފެއިލް ނުވޭ. ލޮލް!!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345