ވިޔަފާރި

މަސްވެރިންނަށް މި އަހަރު 700 މިލިއަން ރުފިޔާ ދީފި

މިފްކޯގެ ކަނޑުއޮތް ގިރީގައި ދޯނި ތަކެއް މަސްކިރުވަން ގޮސް -- ފޮޓޯ: މިފްކޯ
0%
0%
0%

މަސްވެރިންނަށް މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މި އަހަރުގެ މިހާތަނަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން އަވަސް އަށް ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 717 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މަސްވެރިން ބާނާ މަސް ދުނިޔޭގެ ބާޒާރުގެ އަގާ އެއްގޮތަށް ދޫކޮށްލުމާއެކު ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 232 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ގެއްލުންވެ، މަސްވެރިން ބާނާ މަހަށް ބަރާބަރަށް ފައިސާ ނުދެވޭ މައްސަލަ ހައްލު ކުރުމުގެ ގޮތުން ދުނިޔޭގެ ބާޒާރާ އެއް ހަމައެެއްގައި އަގު ބެހެއްޓޭނެ ބަދަލު ވަނީ ގެނެސްފަ އެވެ. މި ބަދަލުގެ ސަބަބުން މަސްވެރިންނަށް ކޮންމެ ހަފުތާއަކު އެއް ފަހަރު ދަނީ ފައިސާ ދެމުންނެވެ.

ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ވަނީ އިންތިހާއަށް ރަނގަޅުވެފަ އެވެ. މިހާރު އެއްވެޖު ގޮތެއްގައި ދުވާލަކު 200 ޓަނުގެ މަސް މިފްކޯ އަށް ކިރުވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345