ވިޔަފާރި

ޒަމާނީ މަސް ދޯނި ފަހަރު ބަނދެއް މަސްވެރިންނަށް ދޫކުރަނީ

Nov 10, 2020
3
ރާއްޖޭގެ މަސްވެރިކަމުގައި މިހާރު ބޭނުން ކުރާ ދޯންޏެއް: ޒަމާނީ މަސް ދޯނި ފަހަރު ބަންނަން ފަށަން ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: އަވަސް
100%
0%
0%

ކަނޑު މަހުގެ މަސްވެރި ކަމަށް ޒަމާނީ ޒަމާނީ މަސް އޮޑި ފަހަރު ބަނދެ، މަސްވެރިންނަށް ދޫކުރަން ނިންމާފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި މަސްވެރިކަން ޕްރޮމޯޓްކޮށް، ރާއްޖޭގެ މަސްވެރިކަން ފުޅާ ކުރަން ހާއްސަ އަހައްމިއްޔަތެއް އަންނަ އަހަރު ދޭނެ އެވެ. މަސްވެރި ކަމަށް އާ ޑިޒައިންނެއްގެ ދޯނި ފަހަރު ނެރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

"ވަރަށް އަވަހަށް ހުޅުވާލާނަން މަސްވެރިކަމުގެ އާ ދޯންޏެއް ޑިޒައިން ކުރަން، އެސްއެމްއީ ބޭންކް މެދުވެރިކޮށް. އާކިޓެކްޓުންނާއި ކޮންސެލްޓެންސީ އަށް. މި ޑިޒައިންގެ ދޯނި ފަހަރުގައި ހިމެނޭނެ މަސް ފިނި ކުރާ ނިޒާމާއި މި ޒަމާނުގެ ވަސީލަތްތައް. އެ އަށްފަހު، އެ ދޯނި މަސްވެރިންނަށް ލިބޭނެ ގޮތަށް ފޯރުކޮށްދޭނަން،" ފައްޔާޒު ވިދާޅުވި އެވެ.

މަސްވެރި ކަމަށް ސަރުކާރުން އެކި ދުވަސްވަރުގައި ދޯނި ފަހަރު ބަނދެއް ދޫކުރި އެވެ. މި ދޯނި ފަހަރުގެ ސަަބަބުން މަސްވެރިކަން ތަރައްގީ ވުމަށް ބޮޑު ބާރަކަށް ވެފައި ވެއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910