ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔޫކޭ ކޮވިޑަށް ބިރުން ޗައިނާއިން ޔޫކޭ ޑައިރެކްޓް ފްލައިޓްތައް ބަންދުކުރަނީ

ޗައިނާއިން ވަކި މުއްދަތެއް ނެތް ގޮތަށް ޔޫކޭ ފްލައިޓްތައް ބަންދު ކުރަން ނިންމައިފި އެވެ. އިނގިރޭސިވިލާތުގައި ފެތުރިގެންފައިވާ ކޮރޯނާވައިރަހުގެ އާވައްތަރު – ޔޫކޯ ކޮވިޑް، ޗައިނާއަށް އެތެރެވުން ހުއްޓުވުމަށްޓަކައި، އެއްގައުމުން އަނެއް ގައުމަށް ކުރާ ސީދާ ދަތުރުތައް ހުއްޓާލާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"ފްލައިޓްތައް ހުއްޓުވާލަން ޖެހުމަކީ ވަރަށް ކަންބޮޑުވާކަމެއް،" ފޮރިން މިނިސްޓްރީ ސްޕޯކްސްޕާޝަން، ވޭންގް ވެންބިން ބިދާޅުވި އެވެ. "އަޅުގަނޑުމެން މިކަމުގައި، އެހެން ގައުމުތަކުން ކަންކުރަމުން އަންނަ ގޮތް ބަލާފައި އެޅި ފިޔަވަޅެއް މިއީ"

"މިއީ އަޅުގަނޑުމެން ވަރަށް ގާތުން ބަލާނެ ކަމެއް،" ފޮރިން މިނިސްޓްރީން ބުންޏެވެ. "ހާލަތަށް ކިރިޔާވެސް ހެޔޮ ބަދަލެއް އަންނަ ނަމަ އޮޓަމެޓިކުން އެޖަސްޓް ކުރާނަން"

ދުނިޔޭގެ ގައުމުތަކުން އިނގިރޭސިވިލާތަށް ކުރާ ދަތުރުތައް މަދުކޮށް ބައެއް ގައުމުތަކުން ވަނީ ބޯޑަރު ބަންދުކޮށްފަ އެވެ. ކޮރޯނާވައިރަހުގެ އާވައްތަރެއް ކަމަށް ބުނާ ޔޫކޭ ކޮވިޑް މާ އަވަހަށް ފެތުރިގަނަން ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ޗައިނާއިން އިނގިރޭސިވިލާތަށް އުދުހޭ އެއާލައިންތަކުގެ ތެރޭގައި އެއާ ޗައިނާ، ޗައިނާ އީސްޓާން އެއާލައިން އަދި ޗައިނާ ސަދާން އެއާލައިން ހިމެނެ އެވެ.

ޗައިނާއިން މިހާރު ވެސް ވަނީ އިނގިރޭސިވިލާތުން ޗައިނާއަށް ދަތުރުކުރާ ޗައިނާ މީހުން ނޫން ބަޔަކަށް އެގައުމަށް ނެރޭ ގޮތް ހަދާފަ އެވެ. އެއީ ސައްހަ ވިސާއެއް އޮތް ނަމަވެސް އެވެ. އެހެން ނަމަވެސް ވިސާދޫކުރުމަށް ވެސް ވަގުތީ ގޮތުން ބަދަލުގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.