އެޑްވަޓޯރިއަލް

ރެނަކޮން ބްލޮކް: ވަރުގަދަ، ހަރަދު ކުޑަ!

Jan 4, 2021
2

މާލޭގައި ގިނައީ ރެނދުލީ އިމާރާތް ތަކެވެ. ފެންނަނީ އިމާރާތްތަކުގައި ރެނދުލައި ފޭވަމުންދާ ތަނެވެ. އިމާރާތް ނިންމައި އަހަރު ދުވަސް ނުވަނީސް އިމާރާތުގައި ރެނދުލާން ފަށަ އެވެ. މިއީ ކިހިނެއް ވެގެންވާ ކަމެއް ހެއްޔެވެ؟ މީގައި އެތަށް ސަބަބެއް ހިމެނެ އެވެ. އެ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ތިމާވެއްޓަކީ އެއް ބައެވެ. ނަމަވެސް މީގެ ހަގީގީ މައްސަލައަކީ ރާނަން ބޭނުން ކުރާ ބައެއް ސާމާނުގެ ފެންވަރު ކަށަވަރު ނުވުންކަނަށް ތަޖުރިބާކާރުން މިހާރު ދެކެ އެވެ. އިމާރާތް ބޯމައްޗަށް ނުވެއްޓުނަސް އިމާރާތުގެ ބޭރާއި އެތެރޭގައި އަވަހަށް ރެނދުލައި ފެން ލީކްވާން ފަށަނީ މިހެންވެ އެވެ.

ރެނދުގެ އެއް ސަބަބަކީ، ރާއްޖޭގައި ރާނަން ބޭނުން ކުރާ ގަލުގެ ފެންވަރު ދަށްވުމެވެ. ރާއްޖޭގައި މި ގައު އަޅަނީ އެކި މީހުން އެކި ކޮލިޓީގަ އެވެ. ރާއްޖޭގައި ގަލުގެ ކޮލިޓީ ޔަގީން ކުރެވޭނެ މިންގަނޑެއް ނެތެވެ. އެހެންވެ މިކަމަށް ހައްލު ހޯދުމުގެ ގޮތުން އެސްޓީއޯއިން މީގެ އަހަރެއް ކުރިން ފެށިގެން ދަނީ ކޮލިޓީ ކަށަވަރު ކުރެވިފައިވާ މޮޅު ގަލެއް ވިއްކަމުންނެވެ. އެސްޓީއޯ ކޮންޓްރަކްޝަން އިން ވިއްކާ "ރެނަކޮން ބްލޮކްސް" ގަލަކީ ހަރަދު ކުޑަ، ޖީބަށް ލުއި، ވަރު ގަދަ އުފެއްދުމެވެ. ދުނިޔޭގައި މުޖައްރިބު ޕްރޮޑަކްޓެއްގެ ކަށަވަރުކަން ހޯދާފައިވާ އެއްޗެކެވެ.

އެއް އަހަރުން ކަސްޓަމަރުންގެ އިތުބާރު

ރެނަކޮން ގަލަކީ ހަތަރު އިންޗި ބޯމިން ހުންނަ، ދެ ފޫޓު ދިގު ގަލެވެ. ނަމަވެސް ރާއްޖޭގައި އާއްމު ގޮތެއްގައި ވިއްކަނީ އެއް ފޫޓުގެ ގަލެވެ. އާއްމު ގަލެއްގެ ބަރުދަނަކީ ހަ ކިލޯ އާއި އަށް ކިލޯ އެވެ. ނަމަވެސް ދެ ފޫޓުގެ ރެނަކޮން ގަލުގައި ހުންނާނީ 11 ކިލޯގެ ބުރަ ދަނެވެ. އާއްމު ގަލުން ރޭނުމުން ޖެހޭ މައްސަލައަކީ އިމާރާތް ބަރުވުމެވެ. އިމާރާތް ބަރުވާނަމަ އިތުރު ހަރަދު ތަކެއް ކުރަން ޖެހެ އެވެ. މިގޮތުން ދާނެ އެއް ހަރަދަކީ އިމާރާތުގެ ފައުންޑޭޝަނަށާއި ޝީޓު ތަކަށް އިތުރަަށް އަޅަން ޖެހޭ ދަގަނޑުގެ އަދަދު އިތުރުވުމެވެ. މިއީ ހަރަދު އިތުރުވާ ސަބަބެކެވެ.

އިމާރާތް ފެށުމުގެ ކުރިން ހަދާ އިންޖިނޭރިން ހިސާބު ތަކުން އެގޮތަށް ދައްކައިފިނަމަ އިންޖިނޭރު އިމާރާތް ފަށަން ހުއްދަ ދޭނީ ދަގަނޑު އިތުރުކޮށްގެންނެވެ. މިއީ ކޮންސްޓްރަކްޝަން ކޮސްޓް މަތިވާމެ މައްސަލަ އެކެވެ. މި މައްސަލަ ރާއްޖޭގެ ބައެއް އިމާރާތްތަކަށް މިހާރު ވެސް ކުރިމަތިވެފައި އެބަހުއްޓެވެ. ނަމަވެސް ރެނަކޮން ބްލޮކްސް އިން ކޮށްދޭ ފައިދާއަކީ އިމާރާތް ލުއިކޮށްދިނުމެވެ. މިފަދަ ބައެއް މައްސަލަތައް ޖެހި އެސްޓީއޯގެ ބްލޮކްސްއަށް ބަދަލުކޮށްފައިވެސް އެބަހުއްޓެެވެ.

"މި މައްސަލަ ދިމާވި މާލޭގެ 7،000 އަކަފޫޓުގެ ބިމެއްގައި ހަދަމުން ދިޔަ އިމާރާތަކަށް. މި އިމާރާތް އެންމެ ފުރަތަމަ ހަދަން ނިންމީ އާއްމު އެޅިގަލުން. އެކަމަކު އިންޖިނޭރުން ބޭނުންވީ ރެނަކޮން ބްލޮކްސް އަށް ބަދަލު ކުރަން. ސަބަބަކީ އިމާރާތް ހަދަނީ 14 ބުރި އަށް ކަމަށްވެފައި މި އިމާރާތައް ރެނޮކެންގެ 180،000 ބްލޮކްސް އިން ނިންމޭ. މިއީ އާއްމު ގަލުން ބަލާނަމަ 400،000 ގައު. އެހެންވީމަ ހަރަދު ކުޑަވެފައި، އިމާރާތް ލުއި ވެސް ކޮށްދޭ،" އެސްޓީއޯ ކޮންސްޓްރަކްޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެސްޓީއޯ އިން ރާއްޖެ އެތެރެކުރިތާ އަހަރެއް ވެފައިވާ ރެނަކޮން ބްލޮކްސްގެ މި އިތުބާރު މިހާރު ބޮޑެވެ. އެހެންވެ މިހާރު ހުޅުމާލޭގައި އަޅާ ބައެއް އިމާރާތްތަކުގައި ވެސް ދަނީ މި ގައު ބޭނުން ކުރަމުންނެވެ. ހުޅުމާލޭގައި އެންސިސް ކުންފުނިން ތަރައްގީ ކުރާ އައިރާ ބިލްޑިންގް ވެސް އިމާރާތް ކުރަނީ މި ގަލުންނެވެ. މީގެ އިތުރުން މާލޭގެ ނަން މަޝްހޫރު ކޮންޓްރެކްޓަރުން މިހާރު އިމާރާތް ކުރާ ތަންތަނުގައި ވެސް މި ގައު ބޭނުން ކުރެ އެވެ.

"މި ގަލުގެ ޔަގީން ކަމަކީ ކޮލިޓީގައި ކޮންސިސްޓެންސީ އިންނާނެ. އެކަމަކު އާއްމު ގައު ރާއްޖޭގައި ކޮލިޓީއެއް ނުބަލަހައްޓާ. އެކަން ރެގިއުލޭޓެއް ނުކުރޭ،" އޮފިޝަލް ވިދާޅުވި އެވެ.

ސިމެންތި ޖަހާ އަދި ރާނަން ފަސޭހަ އުފެއްދުމެއް

ރެނަކޮން ބްލޮކް އަނެއް އެޑްވާންޓޭޖްއަކީ މި ގައު އާއްމު ގަލަށް ވުރެ އޮމާން ވުމުން ސިމެންތި ޖަހާލަން ވެސް ފަސޭހަވުމެވެ. އެސްޓީއޯ އިން ދަނީ މި ގަލުން ރާނާއިރު ދެ ގައު ތަތް ކުރަން ވެސް ހާއްސަ "ޖޮއިނިން މޯޓާ" އެއް ވެސް ވިއްކަ އެވެ. މިއީ ވެސް ރެޑީމޭޑް ސިމެންތި އެވެ. މި އުފެއްދުމުގެ ބޭނުމަކީ ދެ ގައު ތަތްކޮށް ރާނާ ލަން ފަސޭހަވުމެވެ. އާއްމުކޮށް ސިމެންތި އާއި ވެލި އެއްކޮށްގެން ސިމެތިން ގެށުމުގެ ބަދަލުގައި ބަސްތާ ކަނޑާލައި އެއްޗަކަށް ފެން އަޅާލައި އެއްކޮށްލާފަ، މި އުފެއްދުމުން މަސައްކަތް ފެށެ އެވެ. މީގެ ސަބަބުން ލޭބަ ކޮސްޓް ކުޑަކޮށްދެ އެވެ.

އާއްމު އުސޫލުން ސިމެންތި ގަށައިގެން ރާނާނަމަ 50 ކިލޯގެ ސިމެންތި ބަސްތާއެއް 100 ރުފިޔާ އަށް ގަނެގެން ދެ ބަސްތާ ވެލި ހޯދަން ޖެހެ އެވެ. ވެލި ބަސްތާއެއްގެ އަގަކީ 40ރ. އާއި 50ރ. އާ ދެމެދުގެ އަގެކެވެ.

"ޖޮއިނިން މޯޓާ އިން 33 އެމްއެމް ބޯމިނުގައި ރޭނޭނެ. މީގެ 40 ކިލޯގެ ބަސްތާއެއް 220 ރުފިޔާ ވިއްކަނީ. ރަނގަޅަށް ރާނާ މީހަކަށް ބަސްތާ އަކުން 110 ގަލުން ރޭނެ އޭގެ މާނައަކީ ގަލެއް ޖޮއިން ކުރަން އެ ދަނީ ދެ ރުފިޔާއޭ. އެހެންވެ، މިއީ ވަރަށް ހަރަދު ވެސް ކުޑަ އޮޕްޝަންއެއް. މީގެން ވޭސްޓް ބައި ކުޑަވާނެ،" އޮފިޝަލް ވިދާޅުވި އެވެ

އާއްމު އުސޫލުން ސިމެނިންތި ގަށައިގެން ރާނާނަމަ 50 ކިލޯގެ ސިމެންތި ބަސްތާއެއް 100 ރުފިޔާ އަށް ގަނެގެން ދެ ބަސްތާ ވެލި ހޯދަން ޖެހެ އެވެ. ވެލި ބަސްތާއެއްގެ އަގަކީ 40ރ. އާއި 50އާ ދެމެ ދެމެދު އެވެ. އެސްޓީއޯ އިން ވިއްކާ ސިމެންތި ޖަހާ އުފެއްދުމުގައި ތާމަލް އިންސިއުލޭޓާ ހިމެނޭ އުފެއްދުމެކެވެ. އެހެންވެ، އިމާރާތުގެ ތެރެ އަށް ހޫނު ވަންނަ މިންވަރު ކުޑަކޮށްދެ އެވެ.މީގެ ސަބަބުން އެއާކޯންގެ ހަރަދު ކުޑަ ވާނެ ކަމަށް ދިރާސާ ތަކުން ދައްކަ އެވެ. އެއާކޯންގެ ހަރަދު 20 ޕަސެންޓް ކުޑަކޮށްދެ އެވެ.