ކަރަންޓުން ފެން ހޫނު ކުރެވޭ ތަފާތު ވައްތަރުތަކުގެ ޖަގު މާކެޓުގައި އެބަހުއްޓެވެ. އެކަމަކު ރަސެލް ހޮބްސް ޖަގުތައް ތަފާތެވެ. ހުރިހާ ގޮތަކުން ވެސް މާ ބޮޑަށްވެސް ރަނގަޅީ އެވެ.
ފެން ހޫނު ކޮށްލައިގެން ކަރަންޓް ބިލް މަތިވުން ފަދަ ނުވަތަ ދެތިން ދުވަސް ފަހުން ޖަގު ހަލާކުވުން ފަދަ ކަންކަމަކީ އާންމުކޮށް ކުރިމަތިވާ މައްސަލަތަކެވެ. ރަސެލް ހޮބްސް ތަފާތު ވަނީ އެ ކަންކަމަށް ގެނެސްދޭ ހައްލުންނެވެ. ޖަގު އުފައްދާފައިވާ ކޮލެޓީ ވެސް މާބޮޑަށް ވެސް ރަނގަޅީ އެވެ.
ރާއްޖޭގެ ބާޒާރަށް އެސްޓީއޯ އިން ނެރެ، ވިއްކަން ފަށާފައިވާ ރަސެލް ހޮބްސްގެ އިންސްޕަޔާ ކެޓަލް އަކީ މި ކަމުގެ މިސާލެކެވެ. ފެން ހޫނުކުރާ ޖަގެއް ގަންނަން ޖެހިއްޖެ ނަމަ، ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ބްރޭންޑަކީ މިއީ އެވެ.
އެސްޓީއޯ އިން ލިބެން ހުރީ 1.7 ލީޓަރުގެ ރަސެލް ހޮބްސް ފެން ހޫނުކުރާ ޖަގެވެ. ކުލަ އަކީ ހައި ގްލޮސް ހުދެވެ. ނޫކުލައިގެ ބޮތްކަކުން، ފަސޭހަ އިން އޮން ވެފައި އިން ކަން އަންގައިދޭނެ އެވެ.
ޖަގުގެ އަތްގަނޑާއި ދިމާލުން ފަސޭހަ އިން ފެން ހުރި ވަރު ބަލާލެވޭނެ އެވެ. 360 ޑިގްރީ ބޭސް އެކެވެ. ޖަގަށް ފެން އަޅާފައި ބޭނުން ކޮޅަކަށް އަނބުރާލާފައި، ފަސޭހަ ކަމާއި އެކު ބޭންދޭނެ އެވެ. އަދި އެތެރޭގައި އިންނަ ފިލްޓަރު ފަސޭހަ އިން ނަގާފައި ދޮވެލެވޭނެ އެވެ.
މީގެއިތުރުން ޖަގުން ފެން އަޅާއިރު، އަނގަ ކަނޑާގައި ހުރީ އިތުރު ތަންތަނަށް ފެން ބުރައިގެން ނުދާނެ ފަދަ ގޮތަކަށް ސިންގަލް ސްޓްރީމަކުން ފެން އަންނަ ގޮތަށެވެ. އަދި މިއީ ވަރަށް އަވަހަށް ފެން ހޫނުކޮށްދޭ ޖަގެކެވެ.
ރަސެލް ހޮބްސް ޖަގުން ފެން ކައްކާއިރު ނުވަތަ ހޫނު ކުރާއިރު އެއް ތަށީގެ ފެން 55 ސިކުންތުން ކެއްކޭނެ އެވެ. އެކަމަކު އާންމު ޖަގު ތަކަށް ވުރެ، ކަރަންޓް ބޭނުން ކުރާ ވަރު 65 ޕަސެންޓް ދަށެވެ.
ފެން ހޫނުކުރާ ޖަގު މައްސަލަ ޖެހިގެން އިރުއިރުކޮޅަށް ބަދަލު ކުރުމަށް ވުރެ، ރަސެލް ހޮބްސް ޖަގެއް ގަތުމަކީ ޖީބަށް ލުއި އަދި ހައްޓަށް ފަސޭހަ ވާނެ ކަމެކެވެ. ފަސޭހަ ކަމާއި އެކު ފެން ހޫނު ކުރަން ބޭނުންވާ ބޭނޫންވާނަމަ އެސްޓީއޯ ---- އަށް ޒިޔާރަތްކޮށް ރަސެލް ހޮބްސް ޖަގެއް ގަންނާށެވެ.