އެސްޓީއޯ

އެސްޓީއޯގެ ރެޑީމިކްސް ކޮންކްރީޓް އިތުބާރު ހޯދައިފި

Mar 3, 2022

ގެދޮރު އިމާރާތްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ އިމާރާތުގެ ކޮންކްރީޓް މަސައްކަތެވެ. މީގެ އަހަރު ތަކެއް ކުރިއަށް ނަޒަރު ހިންގާލާއިރު، އެތައް ބަޔަކު ދާއޮހޮރުވައިގެން، އެތައް އިރެއްގެ މަސައްކަތުން ނޫނީ އިމާރާތަށް ބޭނުންވާ ކޮންކްރީޓް ތައްޔާރެއް ނުކުރެވެއެވެ. އެހެން ނަމަވެސް ޒަމާނަށް އައި ބަދަލާއެކު މިކަންވެސް މިހާރު ވަނީ ބަދަލުވެފައެވެ. އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، އެސްޓީއޯގެ "ފަވަރމިކްސް" ރެޑީމިކްސް ކޮންކްރީޓް ބޭނުން ކޮށްގެން، އެންމެ ކޮލިޓީ ކޮންކްރީޓް ލިބޭނެ އިންތިޒާމް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ. މީގެ ހަ އަހަރު ކުރިން ތައާރަފުކުރި މިހިދުމަތް ރާއްޖޭގެ ކޮންޓްރެކްޓަރުންގެ އިތުބާރު ވަނީ ހޯދާފައެވެ.

ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން 100 ކިއުބިކް މީޓަރުގެ ކޮންކްރީޓް ގަޑިއެއްގެ ތެރޭގައި އުފެއްދުމުގެ ގާބިލްކަން އެސްޓީއޯގައި މިހާރު އެބަ އޮތެވެ..

ރެޑީމިކްސް ކޮންކްރީޓް ބޭނުންކުރުމުގެ ސަބަބުން ކޮންސްޓަރަކްޝަން ކުންފުނިތަކަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ވަގުތު ސަލާމަތްވުމުގެ އިތުރުން ކޮންކްރީޓް އެޅުމަށް ބޭނުންކުރާ ސިމެންތި، ހިލަ އަދި ހިލަވެލި ފަދަ ތަކެތި ބެހެއްޓުމަށް ބޭނުންވާ ޖާގަ ބޮޑު ތަނުން ސަލާމްކުރެވުމެވެ. އަދި މެނުއަލްކޮށް ކޮންކްރީޓް ގެށުމަށް މީގެ ކުރިން ބޭނުން ކުރަމުންއައި މެޝިނަރީޒްތައް ކުއްޔަށް ނަގައިގެން ބޭނުން ކުރުމަކީ ލިބިފައިވާ އަނެއް ލުއި ފަސޭހައެވެ. މީގެ ކުރިން މިފަދަ ތަކެތި ސައިޓަށް ގެންގޮސް ބައެއް ފަހަރު ބަހައްޓަން ޖެހެނީ ހަނި ގޯޅިތަކުގައި ކަމަށް ވުމާއެކު، އެކަމުގައި އުފުލަން ޖެހިފައިވާ ތަކުލީފަށްވެސް މިހާރު ވަނީ ނިމުމަކަށް ގެނެވިފައެވެ.

އެސްޓީއޯގެ ރެޑީމިކްސް ކޮންކްރީޓްގެ އެންމެ ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ މިކޮންކްރީޓްގެ ކޮލިޓީ އެވެ. ބެޗިންގް ޕްލާންޓްގައި ތައްޔާރުކުރާ މިކޮންކްރީޓް ތައްޔާރުކުރަނީ ކަސްޓަމަރުން ބޭނުންވާ ކޮންކްރީޓް ގްރޭޑަށް ފެތޭ ގޮތަށެވެ. ރާއްޖޭގައި އާއްމުކޮށް ބޭނުންވާ ކޮންކްރީޓް ގްރޭޑަކީ ސީ30 ކޮންކްރީޓް ކަމުގައި ވީނަމަވެސް އެސްޓީއޯގެ ޓީމަކީ ސީ60 އާއި ހަމައަށް ކޮލިޓީ ކޮންކްރީޓް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ޓީމެކެވެ. އަދި ޕްރޮޖެކްޓް ފެށުމުގެ ކުރިން ޓްރަޔަލް މިކްސްއެއް ބޭނުންވާ ނަމަ އެހިދުމަތްވެސް ހިލޭ އެސްޓީއޯއިން ފޯރުކޮށްދެއެވެ. މީގެ އިތުރުން ކޮންމެ ޕްރޮޖެކްޓަކަށް ކޮންކްރީޓް ސަޕްލައި ކުރުމަށްފަހު އެޕްރޮޖެކްޓަށް ސަޕްލައި ކުރެވުނު ކޮންކްރީޓްގެ ކޮލިޓީ ޓެސްޓު ރިޕޯޓު އެސްޓީއޯއިން ފޯރުކޮށްދެއެވެ. މީގެ ސަބަބުން އެސްޓީއޯއިން ސަޕްލައިކުރާ ކޮންކްރީޓަށް ކޮންޓްރެކްޓަރުންގެ އިތުބާރު ވަނީ ދެމެހެއްޓިފައެވެ.

ރެޑީމިކްސް ކޮންކްރީޓް ތައްޔާރުކުރަނީ އެކަމުގެ ތަމްރީނު ލިބިފައިވާ ޕްރޮފެޝަންލަ ޓީމަކުން ކަމަށްވާއިރު، އަދި ވަރަށް މިމަސައްކަތް ކުރަމުންދަނީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަމަށްވާތީ، މިކޮންކްރީޓްގެ ކޮލިޓީ މެޝާމަންޓްތައް އަބަދުވެސް ދަނީ ވަރަށް ކައިރިން ބަލަމުންނެވެ.